އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2023 11:45
0

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޕްރިޒަންސް ޑިވިޝަނުގެ އިސްވެރިޔާގެ މަގާމު ފުރުއްވި ގ. އޯކަމް އިސްތަފާ އިބްރާހިމް މަނިކު މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ.

އިބްރާހިމް މަނިކު އަވަހާރަވިކަން އެމަނިކުފާނުގެ އާއިލީ ބޭފުޅަކު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަވަހާރަވީ މުސްކުޅި ބަލީގައި އުމުރުފުޅުން 83 އަހަރުގައެވެ. އޭނާގެ ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭތާ މިއަދަށް 10 ދުވަސް ވަނީ ވެފައެވެ. އިބްރާހީމް މަނިކު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައިފައެވެ. އަދި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި ސަރުކާރު މުވައްޒަފުންގެ ނާދީގެ އެޑްމިނިސްޓްރޭޓާރުގެ މަގާމް ވެސް ފުރުއްވާފައިވެއެވެ.

ގ. އިސްތަފާގޭ އާއިލާ އަށް ނިސްބަތްވާ އިބްރާހީމް މަނިކުގެ ހުންނަވަނީ އަންހެން ދަރިކަނބަލެކެވެ. އަދި ކާފަ ވިދާޅުވާ ދެ ބޭފުޅުން ތިއްބަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހްުމަދު ދީދީ
އެމިނިކުފާނަކީ ވަރަށް ހިތްހެޔޮ ބޭފުޅެއް ެަެައަޅުގަނޑަށްަގުދެެްކެވި ބޭފުޅެއްމްމްމްްމިމަރްހޫމްްގެފާފާފަފުއްސަވައި ސުވަރުގެ މިންވަރު ކުރައްވާށި ދަރިފުފުޅައް ތައުޒިޔާ ކިޔަން