"ރެހެންދި އެވޯޑް" ހަ ބޭފުޅަކާއި އެމްޓީސީސީއަށް

"ރެހެންދި އެވޯޑް" ހަ ބޭފުޅަކާއި އެމްޓީސީސީއަށް

Author
އަޒްފާ ރަޝީދު
21 މާރޗް 2023 03:37
0

މިއަހަރުގެ "ރެހެންދި އެވޯޑް" ހަ ބޭފުޅަކާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދީފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެވޯޑު ލިބުނު ފަރާތްތަކަށް ބުރޫޗާ ހަވާލުކޮށްދެއްވީ އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ހަތަރު ދާއިރާއަކުން ހަތް ފަރާތަކަށް ރެހެންދި އެވޯޑު ދީފަ އެވެ.

ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:

  • ރުގިއްޔާ އިބްރާހީމް/ ލީޑާޝިޕް އަދި ގަވާނެސް
  • އާމިނަތު އިބްރާހީމް/ އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުވުން
  • ހުސްނާ ފަހުމީ/ އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުވުން
  • ޒީނާ ޒާހިރު/ އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުވުން
  • ރަޝީދާ އިބްރާހީމް/ އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުވުން
  • އާއިޝަތު ޝިމާނީ/ އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތްތައް ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލް
  • އެމްޓީސީސީ/ އިންސްޓިޓިއުޝަނަލް ޖެންޑާ މެއިންސްޓްރީމިން

 

ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.

މި އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. އަދި 2020 ވަނަ ސަރުކާރުން ވަނީ އެ އެވޯޑަށް ފިރިހެނުންނަށްވެސް ކުރިމަތިލެވޭ ގޮތަށް ކެޓަގަރީއެއް އިތުރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.