އެސްޓީއޯއިން ރޯދަމަހަށް ޚާއްސަކޮށްގެން 2 ޓަނުގެ ލުނބޯ ގެނެސްފި، ލުނބޯ ކިލޯއެއް 60 ރުފިޔާއަށް

އެސްޓީއޯއިން ރޯދަމަހަށް ޚާއްސަކޮށްގެން 2 ޓަނުގެ ލުނބޯ ގެނެސްފި، ލުނބޯ ކިލޯއެއް 60 ރުފިޔާއަށް

ރޯދަމަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން 2 ޓަނުގެ ލުނބޯ ގެނެސްފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި ލުނބޯގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ރޯދަމަހަށް ޚާއްސަކޮށްގެން 2 ޓަނުގެ ލުނބޯ ގެނެސް ވިއްކަން ފަށާފައިވާކަމަށެވެ.

.ފަހަކަށް އައިސް ލުނބޯގެ އަގު އުފުލި ބާޒާރުގައި މިދުވަސްވަރު ލުނބޯ ކިލޯއެއް ވިއްކަމުން އަންނަނީ 80 ރުފިޔާއަށެވެ. އަދި މިރޯދަމަހު ލުނބޯގެ އަގު އިތުރަށް އުފުލޭނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އެސްޓީއޯއިން ލުނބޯ ވިއްކަމުން ދަނީ ކިލޯއެއް 60 ރުފިޔާއަށެވެ. އަދި މިއާއެކު ބާޒާރުގައި ލުނބޯގެ އަގު ހިފެހެއްޓިފައި ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ

ރޯދަމަހު ކާބޯތެކެތީގެ އަގު އުފުލިޔަ ނުދިނުމަށްޓަކައި އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެސްޓީއޯއިން ދަނީ ފިޔާ، ބިސް، އަލުވި ހެޔޮ އަގުގައި ވިއްކަމުންނެވެ.

އެސްޓީއޯއިން ރީޓެއިލްކޮށް މިތަކެތި ވިއްކަނީ އަލުވި ކިލޯއެއް 11 ރުފިޔާއަށް، ފިޔާ ކިލޯއެއް 9 ރުފިޔާއަށް އަދި ބިހެއް 1.75 ރުފިޔާއަށެވެ.

އެސްޓީއޯއިން ވަނީ ފިޔާ ބިސް އަލުވި ހޯލްސޭލްކޮށް ވިއްކާ އަގުވެސް ހެޔޮކޮށްފައެވެ. އެގޮތުން، މިހާރު ފިޔާ ބަސްތާއެއް ލިބޭނީ 160 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގުވަނީ 240 ރުފިޔާއަށް، ބިސް ކޭހެއް 280 ރުފިޔާއަށް ހެޔޮކޮށްފައެވެ.

އެސްޓީއޯއިން ވަނީ ރޯދަ މަހާ ދިމާކޮށް މުދާލިބުން ފަސޭހަކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖްގައި އައު ހޯލްސޭލް ސެންޓަރެއްވެސް ހުޅުވާފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރޯދަ މާޓްގެ ނަމުގައި ފިހާރައެއްވެސް ވަނީ ހުޅުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *