މާލެ އިން މީހަކު ގެއްލިގެން ހޯދަނޯ

މާލެ އިން މީހަކު ގެއްލިގެން ހޯދަނޯ

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2023 11:56
0

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ހ. ކޯލީފްލާވަރ، އަޙްމަދު ނާޝިދު (46އ) އެވެ. އޭނާ ހޯދަމުން ދަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓް ކުރުމާއި ގުޅިގެންނެވެ. އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އަޙްމަދު ނާޝިދު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މަޢުލޫމާތުތައް ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނަމަވެސް އަޙްމަދު ނާޝިދު ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވާތީ، އަޙްމަދު ނާޝިދުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ،

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.