ރައީސް ޔާމީން މިނިވަން ކުުރުމުގެ ނަމުގައި އިދިކޮޅުގައި ހަކާތްތެރިވާ ސިޔާސީ ބޭފުޅުން މަސައްކަތް ކުރަނީ ރިޔާސީ ޓިކެޓް ހޯދުމަށް ކަމުގައި ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޖަލު ހުކުމަށް މިއަދަށް އަހަރު ފުރޭތީ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރުމަށް ކުރަމުންދާ މަަސައްކަަތަށް ފާޑުވިދާޅުވެ ނިހާދު ވިދާޅުވީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކު ރައީސް ޔާމީން މިނިވަން ކުރުމަށް ހެޔޮ ނިޔަތެއްގައި މަަސައްކަތް ނުކުރާކަމަށެވެ. އިދިކޮޅުގެ އެޑްވައިޒަރުންނާއި، ޕާޓީތަކުގެ އިސްބޭފުޅުންގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ކަމަށާއި، އެއްވެސް ބޭފުޅެއް ރައީސް ޔާމީން މިނިވަން ކުރުމަށް އިޚުލާސްތެރިކަމާއިއެކު މަސައްކަތް ނުކުރައްވާކަމަށެވެ.
ސިޔާސީ ގޮތުން ކުރެވޭ މަސައްކަތުގައި ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރައްވަމުންދަނީ އެބޭފުޅެއްގެ ތައީދު ބޮޑުކޮށް ޓިކެޓް ހޯދޭނެ ގޮތެއް ހޯދުމަށް ކަމަށް ނިހާދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޖަލުން މިނިވަން ވެއްޖެނަމަ ޓިކެޓް މީގެ ތެރެއިން އެއްވެސް ބޭފުޅަަކަށް ނުލިބޭނެކަން އެބޭފުޅުންނަށްވެސް ކަށަވަރު ވެފައިވާކަމަށް ނިހާދު ވިދާޅުވިއެވެ.
YAG jalun salaamaih kuran PPM/PNC ge adhi everin ge advisors inge ekakuves nu-ulhey kan Eynaa ah varah Saafu!
Jalugai baahvaigen harakaaih hinganee Riyaasee ticket hoadhan thaaeedh bodu kuran! YAG nikumejje nama ticket eh nulibeyne Kan enmen qabool Kurey ???
Ufaa FaalhuKurun!— Feydhoo Meehaa (Mohamed Nihad) (@nihad_m) November 27, 2020
ނިހާދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، އިދިކޮޅު ޕީޕީއެމް ޕީއެންސީން ބުނެފައިވަނީ 2023 ގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީންގެ ނަން ރިޔާސީ އިންތިޚާބުގެ ކަރުދާސް ކޮޅުގައި އޮންނާނެކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިއަދު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ހަމަޖެހިފައިވާއިރު، މިއަދު ވަނީ ކަނޑުމަތީގެ ހަރަކާތެއްވެސް ރާވާފައެވެ. މިހަރަކާތް ފެއްޓުމަށް ހަމަޖެހިފަައިވަނީ މިއަދު މެމްދުރުފަހު އެއްގަޑި ތިރީހުގައެވެ.
ރައީސް ޔާމީން ޖަލުގައި އޮންނަތާ މިއަދަށް އެއް އަހަރު ފުރޭއިރު، އެމަނިކުފާނުގެ މައްސަލަގައިގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމާއި ހަމާގައި މަޑުޖެހިފައިވާތާ މިވަނީ އެތައް ދުވަހެއް ވެފައެވެ. ނަމަވެސް މިހާތަނަށް މިމައްސަލައިގެ އިސްތިއުނާފުގެ ޝަރީތުގައި ގޮތެއް ނިންމާފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ