ފާއިތުވެދިޔަ ހަފްތާގައި ބްލެކްސީ މަތިން އުދުހެމުންދިޔަ އެމެރިކާގެ ޖާސޫސީ ޑްރޯންއަށް ހުރަސް އެޅި، ރަޝިއާގެ އެސްޔޫ-72 މަރުކާގެ ދެ ފައިޓަރ ޖެޓްގެ ޕައިލޮޓުންނަށް ރަޝިއާގެ ޑިފެންސް މިނިސްޓަރ ސާގޭ ޝޮއިގު ޚިދުމަތުގެ މެޑަލް އަރުވާފައިވާކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ފާއިތުވެދިޔަ ހަފްތާގެ އަންގާރަދުވަހު، އެމެރިކާގެ ޖާސޫސީ ޑްރޯން ބެލްކްސީއަށް ވެއްޓިފައިވަނީ ރަޝިއާގެ ފައިޓަރ ޖެޓުތަކުން އެ ޑްރޯންއަށް ހުރަސް އެޅުމާއި ގުޅިގެންނެވެ. މި ޑްރޯން އުދުހެމުން ދަނިކޮށް، ރަޝިއާގެ ފައިޓަރ ޖެޓަކުން އެންމެ ފުރަތަމަ ވަނީ މި ޑްރޯގެ މައްޗަށް ތެޔޮ އޮއްސާލާފައެވެ. އެއަށްފަހު ޑްރޯން ބްލެކްސީއަށް ވެއްޓިފައިވަނީ ރަޝިއާގެ ފައިޓަރ ޖެޓަކުން ޖެހި، ޑްރޯންގެ ބުރަފައްޗަކަށް ލިބުނު ގެއްލުމަކާއި ގުޅިގެންނެވެ.
މިއީ މީގެ އަހަރެއް ކުރިން ޔޫކުރެއިން ހަނގުރާމަ ފެށުމުގެ ފަހުން، ރަޝިއާއާއި އެމެރިކާއާ ދެމެދު ހިނގި މިފަދަ ފުރަތަމަ ކުރިމަތި ލުމެވެ.
މި އެވާރޑްތައް ދިނުމަށްފަހު ރަޝިއާގެ ޑިފެންސް މިނިސްޓްރީންވަނީ، މި ޑްރޯންގައި ރަޝިއާގެ ބޯޓަކުން ޖެހިފައި ނުވާކަމަށް އެގައުމުން ބުނަމުންދާ ބުނުން ތަކުރާރު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ