ރައީސް މައުމޫންގެ ދެކަނބަލުން ދެމަސް ދުވަހަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް މައުމޫންގެ ދެކަނބަލުން ދެމަސް ދުވަހަށްފަހު ރާއްޖެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2023 10:52
0

އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް މައުމޫންގެ ދެކަނބަލުން ރާއްޖެއިން ބޭރަށް ކުރެވި މިދަތުރުފުޅަކީ އަމިއްލަ ދަތުފުޅެކެވެ. ރާއްޖެ ވަޑައިގެން ކުރެއްވި ޓުވީޓުގައި ރައީސް މައުމޫން ވަނީ އާއިލާއަށާއި ރައްޓިހިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މައުމޫންގެ މިދަތުރުފުޅަކީ ބޭސްފަރުވާއަށް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ މެލޭޝިއާގައި އެމަނިކުފާނު ތައުލީމު ހާސިލްކުރެއްވި އިރުގެ އެކުވެރިންނާއި އަދި މެލޭޝިއާގެ ބައެއް އިސްބޭފުޅުންނާއިވެސް ބައްދަލު ކުރައްވާފައެވެ.

ރައީސް މައުމޫން ރާއްޖެ ވަޑައިގެންފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ އެމްޑީޕީއާއިއެކު ކޯލިޝަން މަޝްވަރާކުރުމަށް ރައީސް ޞާލިހުގެ ފަރާތްޕުޅުން ވަނީ އެމްއާރުއެމްއަށް ސިޓީއެއް ފޮނުވާފައެވެ. އެޕާޓީން ބުނެފައިވަނީ މަޝްވަރާތައް ކުރާނީ ރައީސް މައުމޫން ރާއްޖެ ވަޑައިގެންނެވުމުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަ
މާބަސްދަނެގެން ލިޔަނިކިނޫން ނޫސްތަކަަށް ކުރަފިއަރުވަނީ
އ އައްލޯ
ސާބަސް އެކަމަކު. އެއްޗެއ ލިޔެވުނެެމަ އެވީތަ؟ 'އަލް އުޘްތާޒު' އޭ........... 'އަލްއުސްތާޛު' ލިޔާނީ މިގޮތަށް.
މ މަހުމޫދު
ޙަބަރު ލިޔިނު ބުރޯ މައުމޫނު ބުނެފަ އެވާ ބަހުޖާ އަރަބިކް ކޮލެޖު އެއީ ސްރީކަންކާގެ ގޯލްގައި އިންނަ ކޮލެޖެއް ނޫންތޯ. މެލޭޝިޔާ އެކޭ ޓުވީޓުގަ އެބައިންތޯ.