މާލޭގެ ޢިމާރާތަކުން ވެއްޓި ކުއްޖަކު މަރުވެއްޖެ

މާލޭގެ ޢިމާރާތަކުން ވެއްޓި ކުއްޖަކު މަރުވެއްޖެ

Author
ޢަލީ އާދަމް
13 މާރޗް 2023 10:19
0

މާލޭ ޢިމާރާތެއްގެ ފަސް ވަނަ ބުރިން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިޙާދިސާގައި މަރުވީ އުމުރުން 4 އަހަރުގެ ކުޑަ ކުއްޖެއްކަމަށެވެ. އެކުއްޖާ މަރުވީ ފަރުވާ ދެމުން ދަނިކޮށެވެ.

މިޙާދިސާ ހިނގީ ހެންވޭރު ގެއެއްގައެވެ. ހަތަރު އަހަރުގެ ކުއްޖާ ވެއްޓިފައިވާ ކަމަށް މޢުލޫމާތު ލިބުނީ ރޭ 12:20 ގައި ކަމަަަށާއ އެ ކުއްޖާ އަށް އޭޑީކޭ ހޮސްޕިޓަކުން ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މިމައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.