4 ކިލޯގެ މަސްތުވާތަކެއްޗާއި އެކު 5 މީހަކު ފުލުހުން ހައްޔަރުކޮށްފި

4 ކިލޯގެ މަސްތުވާތަކެއްޗާއި އެކު 5 މީހަކު ފުލުހުން ހައްޔަރުކޮށްފި

Author
އަޒްފާ ރަޝީދު
07 މާރޗް 2023 04:39
0

މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް މި މަހުގެ 4 ވަނަ ދުވަހު މާލޭގައި ފުލުހުން އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާލޭގެ 10 ތަނެއް ބަލާފާސްކޮށް، 5 ދިވެހި ފިރިހެނުން ހައްޔަރުކޮށް، 4.097 ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެކުރިން ވެސް ފުލުހުން ވަނީ އޮޕަރޭޝަންތައް ހިންގައި ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.