ވައިކަރަދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި އަދާލަތަށް، ކައުންސިލް އަންހެން މެމްބަރުގެ ގޮނޑި އެމްޑީޕީއަށް

ވައިކަރަދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި އަދާލަތަށް، ކައުންސިލް އަންހެން މެމްބަރުގެ ގޮނޑި އެމްޑީޕީއަށް

Author
ހުސެއިން
05 މާރޗް 2023 07:23
0

ހދ. ވައިކަރަދޫގެ ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި ހުސްވެގެން ބޭއްވި ބައިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށް، އަންހެނުންގެ ކޮމިޓީއަށް މެމްބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު އަދާލަތު ޕާޓީން ކާމިޔާބު ކޮށްފިއެވެ.

މި ބައި އިލެކްޝަންތަކުގައި ވާދަ ކޮށްފައިވަނީވެސް ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ ދެ ޕާޓީ ކަމުގައިވާ އެމްޑީޕީންނާއި އަދާލަތު ޕާޓީންނެވެ.

މީގެ ތެރެއިން ކައުންސިލަށް އަންހެން މެމްބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި އަދާލަތުން ވާދަކުރި ހދ.ވައިކަރަދޫ، ފަރިމާ، ފާތިމަތު ނަޒްލާއަށް ލިބިފައިވަނީ 258 ވޯޓެވެ. އިންތިޚާބު ކާމިޔާބުކުރި، އެމްޑީޕީގެ ކެނޑިޑޭޓު ހދ.ވައިކަރަދޫ، ފަތަގުމާގެ، ފާތިމަތު ޝިޒްނާއަށް 283 ވޯޓު ލިބިފައި ވެއެވެ.

ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި އަދާލަތުގެ ފަރާތުން ވާދަކުރި ފާތިމަތު ޒުނައިނާއަށް 376 ވޯޓު ލިބިފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓް ރަމްޒިއްޔާ އިބްރާހިމަށް ލިބިފައިވަނީ 163 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު މި އިންތިޚާބުގައި ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،361 މީހުންގެ ތެރެއިން 576 މީހުންނެވެ. އެއީ 42.32 އިންސައްތަ މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.