ގެއްލިގެން ހޯދަމުންދިޔަ އާރިފް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އާރިފް ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2023 05:16
0

އައްޑޫސިޓީ، ހުޅުދޫއަށް ނިސްބަތްވާ ސ.ހުޅުދޫ/ ސަނީލޮޖް، އަލީ އާރިފް ފެނިފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

އައްޑޫ ސިޓީ ހުޅުދޫ، ސަނީލޮޖް، އުމުރުން 46 އަހަރުގެ، ޢަލީ އާރިފް ގެއްލިގެން ހޯދަން އިއުލާން ކުރީ އިއްޔެއެވެ. ފުލުހުން ވިދާޅުވީ މިމީހާ ގެއްލިފައިވާ ކަމަށް ބުނެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާށާއި، އެންމެ ފަހުން ޢާއިލާއަށް އޭނާގެ ޚަބަރެއްވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ޢާއިލާއާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށްވެސް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

ނަމަވެސް މިއަދު އޭނާގެ އާއިލާ މީހަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮއްކޮ މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ. އަދި އާރިފްގެ ހާލު ވެސް ރަނގަޅު ކަމަށާއި އާރިފް ހޯދުމަށް މަސައްކަތް ކޮށްދިން ހުރިހާ އެންމެނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އާރިފް ފެނުނުނީ ކޮންތާކުން ކަމެއް އޭނާ ހާމަކޮށްފައިނުވެއެވެ. މިކަމާއިި ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ރިޒާ
ފެނުނު ވާހަކަ ހިއްސަ ކުރިއިރު ފެނުނު ތަނެއްވެސް ހިއްސާ ކޮށްލިނަމަ ރަނގަޅު ވީސްް