އަންނަ އަހަރުގެ ބަޖެޓަކީ ވައްކަން ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް: ހުސެއިން

އަންނަ އަހަރުގެ ބަޖެޓަކީ ވައްކަން ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް: ހުސެއިން

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2020 09:42
0

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ދައުކަތުގެ މާލިއްޔާ އިން ވައްކަން ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ހުޅުމާލޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ރާއްޖޭގެ ތަރައްޤީގެ އެއްވެސް ކުލަވަރެއް ނުފެންނަކަމަށެވެ. ދަރަނި އިންތިހާއަށް ބަޖެޓުގައި އޮތްއިރު ބަޖެޓުގައި ރައްޔިތުންނަށް އޮޅުވާލަން ޖަހާފައިވާ ބޮޑެތި މަޝްރޫޢުތަކަކީ ވަކި ބަޔަކު މުއްސަދިވުމަށް ޖަހާފައިވާ މަޝްރޫޢު ތަކެއްކަމަށެވެ. ބަޖެޓުގައި އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ފެންނަން ނެތްއިރު، ބަޖެޓުން ފެނިގެންދަނީ އަނެއްކާވެސް ރައްޔިތުން ނިކަމެތިކޮށް ރައްޔިތުންގެ ޖީބުން އިތުރު ފައިސާތަކެއް ނެގުމަށް މަސައްކަތް ކުރާތަންކަމަށެވެ.

ސައިލަކާއި، ޕިކަޕުން އިތުރު ފީނަގައި ރައްޔިތުން އަތުން ފައިސާ ހޯދައިގެން ދައުލަތް ހިންގުމަކީ ބަޖެޓުން ފެންނަން އޮތް މަންޒަރުކަމަށް ހުސެއިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ  ބަޖެޓުން ފެނިގެންދަނީ ރައްޔިތުންނަށް ނާއުންމީދު ގެނެސް ވައްކަން ކުރުމަށް ހުޅުވާލާފައިވާ މަންޒަރުކަމަށެވެ. މިއީ ރައްޔިތުންނަށް ހެޔޮގޮތްތަކެއް ލިބޭނެ ބަޖެޓެއް ނޫންކަމަށް ހުސެއިން ވިދާޅުވިއެވެ.

ޤައުމުގެ ރައްޔިތުން ލޯކުރިމަތީގައި ހަދާފައިވާ ބަޖެޓުން ކުރަން އުޅޭ ވައްކަން ސާފުވޭ. އާމްދަނީ ހޯދާނެ ގޮތާއި، ކުރާ ޚަރަދުގެ ގޮތުގައި ޖަހާފައިވާ އަދަދުތަކުން ވައްކަން ވަރަށް ރަނގަޅަށް ހާމަވޭ. ޓެކްސްތައް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރަނީ، ސައިކަލާއި، އާމްދަނީ ހޯދަން ދުއްވާ ބިކަޕާއި އެނޫން އުޅަދުތަކުން ފީނަގަން އުޅެނީ. ރައްޔިތުންގެ ޖީބުން ދައުލަތް ހިންގަން މަސައްކަތް ކުރަނީ.

– ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ މިއަދު ޤައުމު އޮތް ހާލަތުން ކުރިންވެސް އޮތް ހާލަތަށް ގެންދެވޭނީ ރައީސް ޔާމީނަށް ކަމަށެވެ. އެމަނިކުފާނު މިނިވަންކޮށް ޤައުމުގެ ވެރިކަމަށް އަލުން ރައީސް ޔާމީން ގެނެސް މިޤައުމު ރައްޔިތުން އެދޭ މިސްރާބަށް ބަދަލު ކުރަންޖެހޭކަމަށް ހުސެއިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެވީ ނުހައްގުން ވައްކަން ކޮށްގެން ވެރިކަމަށް އައިސްފައިވާ ބައެއްކަމަށެވެ. އެބޭފުޅުން ރައްޔިތުންނަށް ހެޔޮ އެދޭއެއްވެސް ކަމެއް ނުކުރައްވާނެކަމަށެވެ. އެހެން ކަމުން ރައީސް ޔާމީން މިނިވަން ކުރުމަށް އެމީހެއްގެ ފެންވަރުން ކުރެވެން އޮތް ކަމެއް ކުރުމަށް ހުސެން ވަނީ ގޮވާލާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.