ސަފާރީއެއްގައި ފަތުރުވެރިޔަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ

ސަފާރީއެއްގައި ފަތުރުވެރިޔަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2023 10:56
0

ސަފާރީއެއްގެ ތެރޭގައި ފަތުރުވެރިޔަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ސަފާރީއެއްގެ ތެރޭގައި ފަތުރުވެރިޔަކު ރޭޕްކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށެވެ. ނަމަވެސް ސަފާރީއެއްފައި ފަތުރުވެރިއަކު ރޭޕް ކުރި ކަމަށްބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ފަތުރުވެރިޔަކު ސަފާރީއަކަށް ގެންގޮސް ރޭޕް ކުރުމުގައި ފަސް ފިރިހެނުން ވަނީ ބައިވެރިވެފައެވެ. އަދި އޭނާގެ އަތުގައި ހުރި ފައިސާވެސް އެ މީހުން ވަގަށް ނެގިަކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަލަ ވައިބަ ގުރޫޕެއްގައި ފެންމަތިކުރީވެސް ބިދޭސީ އަންހެނެކެވެ.

ރޭޕްގެ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި އަބަދުވެސް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތަށް އިންސާފު ނުލިބޭކަމަށް އެ ފަރާތްތަކުގެ އާއިލާތަކުން މައުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.