ގުޅީފަޅުގެ އަލިފާނުގެ ހާދިސާ ހިނގި ތަނުން ފެނުނީ އެތަނުން ގެއްލުނު މީހާގެ ހަށިގަނޑު: ފުލުހުން

ގުޅީފަޅުގެ އަލިފާނުގެ ހާދިސާ ހިނގި ތަނުން ފެނުނީ އެތަނުން ގެއްލުނު މީހާގެ ހަށިގަނޑު: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2023 05:05
0

ގުޅީފަޅުގައި އަލިފާނުގެ ޙާދިސާ ހިނގި އެފްކޮންގެ ސައިޓުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އެތަނުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑުކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގެރޭ އަލިފާނުގެ ހާދިސާ ހިނގީ، ގުޅީފަޅުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައެވެ. އެއީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފުން ބައިތިއްބާފައި ތިބި އެކަމަޑޭޝަން ބްލޮކެކެވެ. އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކުރީ، އެރޭ މެންދަމު 12:30ހާއިރުއެވެ. އަލިފާންގަނޑު ނިއްވާލެވިފައިވަނީ އޭގެ ދޮޅުގަނޑިއެއްހާއިރު ފަހުންނެވެ. މިސައިޓް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

އެގޮތުން އެމްއެންޑީއެފްއިން ވަނީ، އަލިފާނުގެ ޙާދިސާ ހިނގި ސައިޓް އިތުރަށް ބަލާފައެވެ. ފުލުހުން ވިދާޅުވީ އަނދާފައިވާ އެކޮމަޑޭޝަން ބްލޮކް ހިމެނޭ ސަރަޙައްދު ބެލުމުގެ ތެރޭގައި، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ. މިހާދިސާގައި އެއަކު ގެއްލިގެން ފުލުހުން ވަނީ ހޯދުމުގެ މަސައްކަތްވެސް ކޮށްފައެވެ.

ފުލުހުން މިއަދު ބުނީ ގުޅީފަޅުގެ އަލިފާނުގެ ހާދިސާ ހިނގި ތަނުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އެތަނުން ގެއްލުނު މީހާގެ ހަށިގަނޑުކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.

އެހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް މިހަފްތާގައި އިންޑިއާއަށް ފޮނުވާލާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.