ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ޙިސާނަށް!

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ޙިސާނަށް!

Author
ޢަލީ އާދަމް
14 ފެބްރުއަރީ 2023 07:55
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަޤާމަށް ‎ސ. ހިތަދޫ، ނަންރީތިގެ، މުޙައްމަދު ޙިސާން ޢަލީ ފަހްމީ މިއަދު ޢައްޔަންކުރައްވައިފިއެވެ.

މުޙައްމަދު ޙިސާން ޢަލީ ފަހްމީ މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަޤާމުން އެބޭފުޅާ މިއަދު ވަކިކުރެއްވުމަށްފަހުގައެވެ.

ޙިސާން އަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖްއިން 2016 ވަނަ އަހަރު ބެޗެލަރސް އޮފް ބިޒްނަސް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް މަރކެޓިންގ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ މުޙައްމަދު ޙިސާން ޢަލީ ފަހްމީގެ ބެއްލެވުމުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.