ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު އުވާލަން ފާހެއްނުވި

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު އުވާލަން ފާހެއްނުވި

މިމަހު ފަހުކޮޅު ބާއްވާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްގައި، އެޕާޓީގެ ލީޑަރުގެ މަގާމު އުވާލަން ހުށަހެޅުމަށް އެޕާޓީގެ ކައުންސިލުން ފާހެއް ނުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ކައުންސިލުން ފާސްކޮށްފައިވަނީ މިމަހުގެ 23 އިން 26 އަށް މާލޭގައެވެ. ގައުމީ ޖަލްސާގެ ރަސްމީބައި މިމަހުގެ 24 އިން 25 އަށް ދަރުބާރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާއިމެދުވެސް ގޮތްތަކެއް ނިންމިގެންދާނެއެވެ.

އެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ބަދަލު ގެންނަން ހުށަހަޅާއިރު، ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމާއިއެކު އެޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް ކަނޑައެޅުމަށް އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށް ދިޔައީ ތައްޔާރު ވަމުންނެވެ. އެއިސްލާހު ކޮންގްރެސްއަށް ގެންދިއުމަށް، ފެންނަ ގޮތެއް ބެލުމަށް މިއަދު އޮތް ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ހުށަހެޅި ބަހުސް ކުރުމަށްފަހު ވޯޓަށް އެހުމުން އިސްލާހު ފާސް ނުވާކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނަމަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ.

ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުވުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއިމެދު ގޮތެއް ނިންމާނީ ގައުމީ ޖަލްސާއިން އެކުލަވާލެވޭ އާ ކައުންސިލުންކަމަށެވެ. ކައުންސިލުން ނިންމާގޮތެއްގެ މަތީން އިންތިޚާބުގައި ކުރިއަށްދާނެ ގޮތަކާއިމެދު ގޮތެއް ނިންމިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *