އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށް، ކުޑަ ކުއްޖަކާއި ފިރިހެނަކު ތިބި ކުޑަ ޑިންގިއެއް އެމްއެންޑިއެފްއިން ސަލާމަތް ކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ލ.ގަން ހުޅަނގު ފަރާތަށް މަސްވެރިކަމަށް ނިކުމެ އުޅުނު ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އޮޔާދާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ މިއަދުގެ 12:50 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، އެ ޑިންގީއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ޑިންގީގައި ތިބީ ފިރިހެނަކާއި ކުޑަކުއްޖަކު ކަމަށްވެސް އެމްއެންޑީއެފްއިން ހާމަ ކޮށްފައި ވެއެވެ.
އެމްއެންޑީއެފްއިން ބުނެފައި ވަނީ މި ޑިންގީ މިހާރު ވަނީ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ލ.ގަން މުކުރިމަގު އަވަށު ބަނދަރަށް ވައްދާފައި ކަމުގައެވެ.
މި ޑީންގީގައި ދަތުރުކުރި ފިރިހެންމީހާއާއި ކުޑަކުއްޖާގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ