މިއަދުގެ ޖަލްސާއިން ފިރިހެން މެމްބަރުން ތަޅުމުން ބޭރަށް ނެރުމުގައި އިސްކޮށް އަންހެން ސެކިއުރިޓީން!

މިއަދުގެ ޖަލްސާއިން ފިރިހެން މެމްބަރުން ތަޅުމުން ބޭރަށް ނެރުމުގައި އިސްކޮށް އަންހެން ސެކިއުރިޓީން!

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ޞާލިޙު ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅަށް އިދިކޮޅު މެމްބަރުން މަޖިލިހުގެ ތަޅުމުގައި އިހުތިޖާޖް ކުރަމުން ދަނިކޮށް، ރިޔާސަތުން ބައެއް މެމްބަރުންގެ ނަން އިއްވުމާއެކު އެމެމްބަރުން މަޖިލީހުގެ ޗެމްބަރުން ބޭރު ކުރުމުގައި ރައްޔިތުންގެ މަޖިލިހުގެ އަންހެން ސެކިއުރިޓީން އިސް ދައުރެއް އަދާ ކޮށްފިއެވެ.

މިގޮތުން މިއަދު ރައީސުލްޖުމުހޫރިއްޔާ ރިޔާސީ ބަޔާން އިއްވަމުން ގެންދަވަނިކޮށް އިހުތިޖާޖް ކުރަމުން ދިއުމާއި ގުޅިގެން، އިދިކޮޅުގެ 3 މެމްބަރަކު މަޖިލިސް ފްލޯއިން ނެރެފައި ވެއެވެ. އޭގެ ތެރެއިން ދެ މަމްބަރަކު ފްލޯއިން ބޭރަށް ނެރެން ޖެހުނީ އުފުލާލައިގެންނެވެ.

މެމްބަރުން ގަދަކަމުން ނެރުމަށް މަޖިލިސް އަންހެން ސެކިއިޓީން މަސައްކަތް ކޮށްފައިވާއިރު، މަޖިލިހުގައި އިހުތިޖާޖް ކުރަމުންދާ ފިރިހެން މެމްބަރުން ތަޅުމުން ނެރުމަށް މިހާތަނަށް އަންހެން ސެކިއުރިޓީން މިބީދައިން ރިޔާސަތުން ބޭނުން ކޮށްފައެއް ނުވެއެވެ. އެހެންކަމުން، މަޖިލީހުގައި ފިރިހެން ސެކިއުރީން ތިއްބާ، ފިރިހެން މެމްބަރުން ގަދަކަމުން ނެރުމަށް އަންހެން ސެކިއުރިޓީންގެ ބޭނުން ކުރި ސަބަބެއް މަޖިލިހުން ހާމަ ކޮށްފައެއް ނުވެއެވެ.

ބައެއް މަޖިލިސް މެމްބަރުން ފްލޯއިން ނެރުމަށް ސެކިއުރިޓީން ކުރި މަސައްކަތުގައި އެ މެމްބަރުންގެ ހެނދުންކޮޅުތައް ވީދި، އަނެއްބައި މެމްބަރުންގެ އައުނުކޮޅުތަކަށް ގެއްލުން ލިބިފައިވާކަމުގައި އިދިކޮޅު ޕީޕީއެމްއިން ބުނެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަން ފެށްޓެވުމާއެކު މިއަދު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ތެދުވެވަޑައިގެން އިހްތިޖާޖު ފެށްޓެވިއެވެ. އެއާއެކު އިދިކޮޅު އެހެން މެމްބަރުން އެ އިހުތިޖާޖުގައި ބައިވެރިވެ ރިޔާސީ ބަޔާން އިއްވަވަން ހުރަސް އެޅިއެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ބައެއް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން ރައީސް ނަޝީދު އެންގެވިއެވެ. އެހެންނަމަވެސް އެމެމްބަރުން ނުނުކުތުމާއެކު ޖަލްސާ މެދުކަނޑާލިއެވެ.

މެމްބަރުން ތަޅުމުން ނެރުމަށްފަހު އަލުން ޖަލްސާ ފެށީ އިތުކޮޅެއްފަހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *