ތިމަރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ

ރައީސްގެ މޫނަށް ކުޅުޖަހަން ގޮވާލި މައްސަލަ ބަލަނީ

ރައީސްގެ މޫނަށް ކުޅުޖަހަން ގޮވާލި މައްސަލަ ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ.ގެ އިނާމެއް ދޭނެކަމަށް ބުނެ، ތިމަރަފުށީ ދާއިާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ކުރި ޓުވީޓެއްގެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ގެންގުޅުއްވާ @Thimarafushi ޓުވިޓަރ ހޭންޑްލްއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް ސާލިހުގެ މޫނަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވަ ކަމުގައެވެ.

މި ޓުވީޓާއި ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ "ތިމަރަފުށި"ގެ ނަމުގައި ހިންގަމުން އަންނަ ޓުވިޓަރ ހޭންޑްލްއިން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ އެ މުވައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމުގައެވެ. އަދި އެ ޓުވީޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލުމުން ދާކަމަށްވެސް ފުލުހުން ބުނެފައިވަކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

މުސްތަފާއަކީ ރައީސް ސާލިހު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ނަމަވެސް، މިވެރިކަމުގައި ފަހަކަށް އައިސް މުސްތަފާ ގެންދަވަނީ ރައީސް ސާލިހަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި މުސްތަފާ ވިދާޅުވަމުން ގެންދަވަނީ ރައީސް ސާލިހު އޭނާއަށް ދެއްވަންޖެހޭ ފަސް ލައްކަ ޑޮލަރުވެސް ލިބިފައި ނުވާކަމަށާއި އަދި އޭގެ އިތުރުން އޭނާގެ ބޯޓެއް ކޯޓުގެ ހުކުމަކާއި ޚިލާފަށް ނައްތާލާފައިވާތީ 1.278 މިލިއަން ޑޮލަރުވެސް އޭނާއަށް ލިބެން ޖެހޭ ކަމުގައެވެ.

މުސްތަފާގެ ޓުވީޓުގެ މައްސަލަ ފުލުހުން ބަލަމުން ދާއިރު، ލޭ އޮހޮރުވައިގެން މިސަރުކާރު ބަދަލު ކުރުމަށް ގޮވާލުމާއި ގުޅިގެން، މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާންގެ މައްސަލަވެސް ބަލަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި ލޭ އޮހޮރުވުމަށް ގޮވާލި ޓުވިޓަރ ހޭންޑްލް ޓުވިޓަރއިން ވަނީ ސަސްޕެންޑް ކޮށްފައެވެ.

އެހެންމަަވެސް، މުސްތަފާގެ ޓުވިޓަރ ހޭންޑްލް ޓުވިޓަރއިން އަދި ސަސްޕެންޑް ކޮށްފައެއް ނުވެއެވެ.

ނަފްރަތު އުފެއްދުމާއި ދެކޮޅަށް ޓުވިޓައިން ވަރަށް ހަރުކަށި ސިޔާސަތެއް އެކުލަވާލާފަ އޮވެއެވެ. އެގޮތުން، ނަފްރަތު އުފެއްދުމާއި، ލޭ އޮހޮރުވުމާއި އަދި ޓެރަރިޒަމް އަމަލްތަކަށް ހިތްވަރުދޭ އެކައުންޓުތައް އެ ސިޔާސަތުގެ ދަށުން ޓުވިޓައިން ދާއިމީކޮށް ސަސްޕެންޑް ކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *