ޔޫތު މިނިސްޓްރީން ޓާފް އަޅަން ތައްޔާރު ކޮށްފަ އޮތް ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގައި ރޯ ކޮށްލައިފިއެވެ.
ދާދި ދެންމެއެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވެފައިވަނިކޮށް އެ ދަނޑުގައި ބަޔަކު ރޯ ކޮށްލާފައި ވާކަމުގައެވެ.
އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފަ.
އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް. pic.twitter.com/irGbmqCXDa
— Ahmed Mahloof (@AhmedMahloof) January 31, 2023
މަހުލޫފު ވިދާޅުވެފައިވަނީ މިއީ ބަޔަކު މީހުން، އެރަށުގެ ތަރައްގީއަށް ހުރަސް އެޅުމަށް ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަނޑުގައި ރޯ ކޮށްލުމުގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިގެން ދާނެ ކަމުގައެވެ. އޭނާ މިކަން ސިފަ ކުރައްވާފައިވަނީ އެރަށުގެ ތަރައްގީއަށް ހުރަސް އެޅުމަށް ހިންގާފައިވާ ފިނޑި އަމަލެއްގެ ގޮތުގައެވެ.
މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ