2021 ވަނަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފަރުވާއަށް ޖަރުމަނަށް ވަޑައިގެން ހުންނަވަނިކޮށް ރައީސް ސާލިހު އެއްފަހަރު ގުޅުއްވިކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަ އެމަނިކްފާނުގެ އާއިލާގެ ބޭފުޅަކު ދޮގު ކޮށްފިއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ސާލިހާއި މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށާއި، ފޯނުންވެސް ގުޅުއްވާ ދެބޭފުޅުން ވާހަކަ ނުދައްކަވާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް ނުގުޅާތާ މިހާރު އަހަރެއްހާ ދުވަސް ވަނީ. ބޮމުގެ ހާދިސާގައި ވެސް އަޅުގަނޑު ޖަރުމަނުގައި އޮތް ހާ ދުވަހު އަދި އިނގިރޭސިވިލާތުގައި އޮތްހާ ދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް ގުޅުއްވީ އެއް ދުވަހު. އަޅުގަނޑަކާ ރައީސުލް ޖުމްހޫރިއްޔާއަކާ ގުޅުމެއް ނެތް.
ބޮމުގެ ހަމަލާއަށްފަހު ފަރުވާއަށް ޖަރުމަނުގައި ހުންނަވަނިކޮށް ރައީސް ސާލިހު އެއްދުވަހު ގުޅުއްވިކަމަށް ވިދާޅުވަމުން ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ނަޝީދު ދެބެންގެ ދެ ދަރި ބޭފުޅެއް ކަމަށްވާ ފާތިނާ ހަކީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވިދާޅުވީ 6 މޭގެ ޓެރަރިސްޓު ހަމަލާއަށްފަހު، ނަޝީދުގެ ހާލު ބައްލަވަން ރައީސް ސޯލިހް ނުގުޅުއްވާ ކަމަށެވެ. އޭރު ނަޝީދުގެ ފޯނު އޮތީ އޭނާގެ އަތުގައި ކަމަށާއި އެކަމަށް ހެކިވާން ކެރިވަޑައިގަންނަވާ ކަމަށްވެސް ފާތިނާ ހަކީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
@MohamedNasheed after the bomb attack when you could barely walk and eat @ibusolih never called once to ask how you were. Someone who was your best friend not enquiring about your well being is something I will never understand. Aharen athuga phone othee mikamah hekivaan kereyne https://t.co/IphaGddpFG
— Faathina Hakeem 🎈 (@fathinhakeem) January 22, 2023
އަދި އޭނާ ވިދާޅުވެފައިވަނީ، "އެންމެ ގާތް އެކުވެރިޔާ" ނަޝީދުގެ ހާލު ބައްލަވަން ނުގުޅުއްވީމަ އެކަން އޭނާއަށް ވަޒަން ކުރަން ނޭގުނު ކަމުގައެވެ.
ނަޝީދު ދެބެންގެ ދެ ދަރި ބޭފުޅެއް ކަމަށްވާ ފާތިނާ ހަކީމްގެ ޓުވީޓުގައި ރައީސް ސާލިހު ނަޝީދަށް ނުގުޅާކަމަށް ވިދާޅުވި ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އެމަނިކްފާނަށް ގުޅުއްވިކަމަށް ނަޝީދު ވިދާޅުވެފައި ވެެއެވެ. އަދި ނަޝީދުގެ ވާހަކަފުޅު އާއިލާގެ ފަރާތުން ދޮގުކުރި ސަބަބެއް އެގިފައެއް ނުވެއެވެ.
ރައީސް ސާލިހާއި ނަޝީދާއި ދެބޭފުޅުންނަކީ އާއިލީ ގޮތުންވެސް ވަރަށްބޮޑު ގުޅުމެއް އޮންނަ ދެބޭފުޅުންނެވެ. މިގޮތުން ރައީސް ސާލިހު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނަޝީދުގެ ތިމާގެ ބޭފުޅަކާއެވެ. އޭގެ އިތުރުން ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ ދެބޭފުޅުންނަކީ އެންމެ ކުޑައިރުއްސުރެ އެންމެގާތް ދެ އެކުވެރިންކަމުގައެވެ.
އެހެންނަމަވެސް ދެބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވެ، ގުޅުން ކެނޑި، އަދި ޕާޓީވެސް މިހާރުވަނީ ބައިބައިވެފައެވެ. އެންމެ ފަހުން ދެބޭފުޅުން މިހާރު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ވާދަކުރައްވަމުންނެވެ.