އަނދުން ހުސެންގެ ގޭގައި ރައީސް ނަޝީދަށް ހަވީރުގެ ސަޔެއް!

އަނދުން ހުސެންގެ ގޭގައި ރައީސް ނަޝީދަށް ހަވީރުގެ ސަޔެއް!

އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ރައީސް ޞާލިހުގެ ކެމްޕެއިންގައި ހަރަކާތްތެރިވަމުންދަނިކޮށް އެނާގެ އާއިލާއިން ރައީސް ނަޝީދަށް ހަވީރުގެ ސަޔެެއް ދެއްވައިފިއެވެ.

އަނދުންގެއަކީ ރައީސް ނަޝީދާއި ގާތް ގުޅުމެއް އޮންނަ ގެއެކެވެ. ނަމަވެސް މެމްބަރު ހުސެއިން ޝަހީމާއި ރައީސް ނަޝީދާއި ސިޔާސީ މަސައްކަތުގައި އެހާބޮޑު ގުޅުމެއް ނޯވެއެވެ. މަޖިލިސް ތެރެއިންވެސް އަދި މަޖިލިސް ގްރޫޕްތަކުގައިވެސް ރައީސް ނަޝީދާއި، ހުސެއިން ޝަހީމްގެ ބަހުގެ ހަމަލާތަކެއް ދޭތެރެ ދޭތެރެއިން ބަދަލުކޮށްފައިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވައި ކެމްޕެއިންނަށް ތާއީދު ހޯދުމަށް ގެންދަވަނީ މާލެއާއި ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ކެމްޕެއިންގެ ހަރަކާތްތައް ހިންގަވަމުންނެވެ. މިއަދު މާލޭގައި ކުރަމުންދާ ކެމްޕެއިންގައި ރައީސް ނަޝީދު ވަނީ އަނދުން ގެއަށް ވަޑައިގެން އެގޭގެ މީހުންނާއިއެކު ހަވީރުގެ ސަޔެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. މިސައިގައި، އެމަނިކުފާނުގެ ދައުރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަނދުންގޭ އަލީ އާރިފްއާއި އެއާއިލާގެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ރައީސް ޞާލިހުގެ ކައިރީގައި މިހާރު ކެމްޕެއިންގައި ތިއްބެވި ގިނަ ބޭފުޅުންވެސް އަދި ގިނަ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް އެމަނިކުފާނާއި ގުޅުއްވައި ވޯޓާއިމެދު ކަންބޮޑުނުވުމަށް ދަންނަވާކަމަށެވެ.

ގިނަ ބޭފުޅުންގެ ތާއީދާއި ވޯޓު އެމަނިކުފާކަށް ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގައި ހިމެނޭ ގިނަ މެމްބަރުންވެސް މިވަގުތާއި ހާލަތުގެ ގޮތުން ރައީސްގެ ކެމްޕެއިނުން ފެނުނު ކަމުގައިވީނަމަވެސް ވޯޓު ހަރުފާހުގައި ޖަހާ ފާހަގައާއިމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރެއްވުމަށް އެބޭފުޅުން ދަންނަަވަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރަނގަޅު ވާވައްދައިގެން ގެންގުޅޭ، ރައިއްޔަތުންވެސް ވާވައްދައިގެން ވޯޓު ހޯދައިގެން ވެރިކަމަށް އެރީ، އެއަށްފަހު އެދަނީ ގައުމާރައިއްޔަތުންނަށް ޣައްދާރުވަމުން، އެހެންވީމާ ގޮނަކަށް ގޮނެއް ދޭންޖެހޭނެ.

Leave a Reply

Your email address will not be published. Required fields are marked *