ޗައިނާގެ މުސްލިމް މައިނޯރިޓީގެ ދަރިކޮޅެއް ކަމުގައިވާ، އުއިހޫރު މައިނޯރިޓީ މުސްލިމުންގެ ހައްގުތަކަށް ޗައިނާ ސަރުކާރުން އިހުތިރާމް ކުރަމުން ނުދާކަމަށް، ކްރިސްޓިއަން ދީނުގް ޕޯޕް، ޕޯޕް ފްރާންސިސް އޭނާ އަލަށް ލިޔުއްވި ފޮތުގައި ލިޔުއްވުމާއި ގުޅިގެން ޗައިނާ ސަރުކާރުން ޕޯޕަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
ޗައިނާއިން ބުނެފައިވާ ގޮތުގައި މިދރިކޮޅުގެ އިންސާނީ ހައްގުތަކަށް ޗައިނާ ސަރުކާރުން އިހުތިރާމް ނުކުރާ ކަމަށް ޕޯޕް ވިދާޅުވެފައިވަނީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާ ކޮށްފައެއް ނޫނެވެ.
"ޗައިނާގެ ހުރިހާ ދަރިކޮޅެއްގެ މީހުންވެސް ޗައިނާގައި ދިރުއުޅުމުގެ ހައްގާއި، ދީނީ މިނިވަންކަމުގެ ހައްގުގެ ބޭނުން ފުރިހަމަޔަށް ދަނީ ކުރަމުން." ޗައިނާގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ޒަހާއޯ ލިޖިއާން ފޮރިންގ މިނިސްޓްރީގެ ފަރާތުން ކޮންމެ ދުވަހަކުވެސް ބާއްވަމުން ގެންދަވާ ނިއުސް ބްރީފިންގައި އަންގާރަ ދުވަހު ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ޗައިނާގެ އުއިހޫރު މައިނޯރިޓީއާ އަދި އެނޫނަސް އެތަކެއް މިލިއަން މުސްލިމުންނެއް ކޭމްޕް ތަކުގައި ބަންދުކޮށްގެ ގެންގުޅޭކަމަށް ޗައިނާ ސަރުކާރުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކާމެދު ޒަހާއޯ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެމެރިކާއިންނާއި އަދި އެނޫނަސް އެތައް ގައުމަކުން، އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެތަކެއް ޖަމާއަތަކުންވެސް ތުހުމަތު ކުރާ ގޮތުގައި ޖަލުތަކެއްގެ ގޮތުގައި ސިފަ ކުރެވޭ ކޭމްޕު ތަކުގައި ޗައިނާ ސަރުކާރުން އެތަކެއް މިލިއަން މުސްލިމުން ބަންދުކޮށްގެން ގެންގުޅެމުން އަންނަނީ، އެމީހުންގެ ދީނީ އަގީދާ ބަދަލުކޮ، އިސްލާމީ ސަގާފަތާއި އަދި ތާރީޚާއި މިމީހުން ދުރުކުރުވާ، ޗައިނާ ސަރުކާރަށާއި އަދި ޗައިނާގެ ރައީސް ޖީ ޒިންްޕިންއަށް މިމީހުން އަޅުދާސްތު ކުރުވުމުގެ މަގުސަދުގައެވެ.
އެންމެ ފުރަތަމަ، މިފަދަ ކޭމްޕްތައް ޗައިނާގައި ހުރިކަމަށް ދެކޮޅުހެދި ނަމަވެސް، ފަހުން ޗައިނާ ސަރުކާރުން ބުނެފައިވަނީ މި ކޭމްޕްތަކަކީ މިއީ، ވަޒީފާގެ ތަމްރީންތައް ދިނުމަށާއި، ޓެރަރިޒަމާއި އަދި ދީނީގޮތުން ހައްދު ފަހަނައަޅާ ދިއުން ހުއްޓުވުމަށްޓަކާ އުފައްދާފައިވާ ސެންޓަރުތަކެއް ކަމުގައެވެ. އަދި ސެންޓަރުތަކުގައި ދިރި އުޅެމުންދަނީ، އަމިއްލައަށް އެދިގެން އެތަންތަނުގައި ދިރިއުޅެމުންދާ މީހުންކަމުގައިވެސް ޗައިނާ ސަރުކާރުން ވަނީ ބުނެފައެވެ.
އަންނަ ޑިސެމްބަރ 1 ގައި ނެރުމަށް ހަޖެހިފައިވާ "ހުވަފެން ދެކެމާ ހިގާ" މިފޮތުގައި، ޕޯޕު ފްރާންސިސް ވަނީ، ޗައިނާގެ "ފަގީރު އުއިހޫރު" ދަރިކޮޅުގެ މުސްލިމުންނަކީ އަގިދާގެ ސަބަބުން އެބަޔަކާމެދު ނިކަމެތިކޮށް ހިތެމުންދާ ބައެއްގެ ގޮތުގައި މިސާލެއްގެ ގޮތުން ގެންނަވާފައެވެ.
"އަހަރެން ދެކޭގޮތުގައި، އެބަޔަކާމެދު ނިކަމެތިކޮށް ހިތެމުންދާ ފަރާތްތައް، މިސާލަކަށް ރޮހިންގިޔާ، ނިކަމެތި އުއިހޫރު އަދި އައިސިސް އިން އިންސާނިއްޔަތާއި ޚިލާފް އަމަލްތައް އެބަޔަކާއި ދެކޮޅަށް ހިންގާފައިވާ ޔަޒީދީ ދަރިކޮޅުގެ މީހުން، މިހުރިހާ ދަރިކޮޅެއްގެ މީހުންނާ ދޭތެރޭވެސް އަމަލްތައް ހިންގާފައިވަނީ އިންސާނިއްޔަތާއި ޚިލާފަށް" މިފޮތުގައި ޕޯޕު ލިޔުއްވާފައި ވެއެވެ.
1949ގައި ޗާއިނާގެ ވެރިކަން ބަދަލުވެގެން އައި އިންގިލާބުގައި އެގައުމުން ޗައިނާގެ ކްރިޓިއަން ދީނުގެ ފާދިރީން ހައްޔަރުކޮށް ކޮމިއުނިސްޓް ޕާޓީން ޕޯޕުގެ ވެޓިކަންއާއި ގުޅުން ކަޑާލިފަހުން، ޗައިނާ ސަރުކާރާ ވެޓިކަންއާއި ދެމެދު ރަސްމީ އެއްވެސް ގުޅުމެއް ގާއިމް ކުރެވިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ