ހުވަދު އަތޮޅު އުތުރުބުރީ، ވިލިނގިލީގައި އިމާރާތްކުރާ ރޯހައުސްތަކުގެ ބިންގާ އަޅައިފިއެވެ.
މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ޢިމާރާތްކުރާ ރޯހައުސްތަކެކެވެ. ޖުމުލަ 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ. ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައި ރޯހައުސްތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ވިލިނގިލީ ކައުންސިލް މެމްބަރުންނެވެ.
މިމަސައްކަތް ކުރުމިގެ އެއްބަސްވުން ޕްލޭނިން މިނިސްޓްރީން އެފަރާތާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ. މިއެއްބަސްވުމުގެ ދަށުން ޢިމާރާތްކުރާ 50 ރޯހައުސްއަކީ 700 އަކަފޫޓުގެ ހައުސިން ޔުނިޓުތަކެކެވެ. މިއީ 3 ކޮޓަރި އެޕާޓްމަމްޓުތަކެކެވެ. މިތަނުގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިންގް ރޫމަކާއި ބަދިގެއެއް އަދި ކާގެއަކާއި ބެލްކަނީ އަދި ލޯންޑަރީގެ އިތުރުން ސްޓޯރޫމެއް ހުންނާނެއެވެ.
މިމަސައްކަތް ކުރަނީ 48،164،794.10 ރުފިޔާ ހޭދަކޮށްގެންނެވެ. 270 ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިންމަންޖެހެއެވެ.
ކޮމެންޓު ފޮނުވާ