މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

Author
ހުސެއިން
13 ޖެނުއަރީ 2023 09:59
0

ކުރީގެ ރައީސް މައުމޫން ޓެސްޓުތަކެއް ހެދުމަށް ހޮސްޕިޓަކުގައި އެޑްމިޓް ކުރުމަށްފަހު ހޮސްޕިޓަކުން ދޫކޮށްލައިފިއެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޓެސްޓުތަކެއް ހެދުމަށް ކަމަށާއި، ހުރިހާކަމެއް ހަމަޖެހުމުން ގެއަށް ވަޑައިގަތުމުގެ ހުއްދަ ޑޮކްޓަރުން ދީފައިވާ ކަމުގައެވެ.

ހޮސްޕިޓަލުން ދޫ ކޮށްލުމާއެކު މައުމޫން ވިދާޅުވެފައިވަނީ ހާލުކޮޅު ރަގަޅު ކަމަށާއި، ގާތްތިމާގެ ބޭފުޅުންނާއި އެކުވެރި ރަހުމަތްތެރިންގެ ހެޔޮއެދިވަޑައިގަތުމަށް ޝުކުރު ދަންނަވާ ކަމުގައެވެ.

ރައީސް މައުމޫން ޓެސްޓުތަކެއް ހެއްދުމަށް އެޑްމިޓް ކުރެެއްވިނަމަވެ ޓެސްޓުތައް ހެއްދެވީ ކޮންކަހަލަ އާލާސްކަންފުޅަކާއި ގުޅޭގޮތުން ކަމެއް ސާފުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.