ބޮލީވުޑްއަށް އައު މޫނުތަށް ތައާރަފް ވަމުން އަންނަ މި ދަނޑިވަޅުގައި އަނެއްކައިވެސް އިތުރު ނަމެއް މި ލިސްޓަށް އިތުރު ވެއްޖެއެވެ. އެއީ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އާއިލާ ކުއްޖެކެވެ.
އަޖޭ އަށް ބޮޑޫބޭބެ ކިޔާ އަމަން ގާންދީ ދޭވްގަން އަންނަނީ ބޮލީވުޑްއަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ޒުވާނާ ފެނިގެންދާނީ، އަޖޭ ވެސް ރޯލެއް ކުޅެން ހަމަޖެހިފައިވާ ވަރުގަދަ އެކްޝަން-އެޑްވެންޗަ ފިލްމް އަކުން ކަމަށް ހަބަރުތަށް ބުނެއެވެ. '
ފިލްމީ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ފިލްމް އަކީ މިދިޔަ އަހަރު އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރްގެ "ޗަންދީގަޅް ކަރޭ އާޝިގީ" ގެނެސްދިން ޑައިރެކްޓަރު އަބީޝެކްގެ ކަޕޫރްގެ ފިލްމެކެވެ. މި ފިލްްމް އަކީ ވަރަށް ބޮޑު ބަޖެޓަކުން އަދި އެހާމެ ގްރޭންޑް ކޮށް ހަދަން ނިންމައިފައިވާ ފިލްމްއެކެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ އަބީޝެކާއި ރޯނީ ސްކްރޫވާލާ ގުޅިގެންނެވެ.
އަމަން އަކީ އަޖޭގެ ކޮއްކޮ ނީލަމް ދޭވްގަންގެ ދަރިއެކެވެ. އަމަން ބޮލީވުޑްއަށް ތައާރަފް ކުރުމުގެ ޒިންމާ އާއި ހަވާލުވެފައި ވަނި އަބިޝޭކް އެވެ. އަބި ޝޭކް ވަނީ ބައެއް އައު ތަރިން ބޮލީވޫޑްއަށް ތައާރަފް ކޮށްފައިއެވެ. އަދި މި ތަރިންގެ ހުނަރު ދައްކުވައިދީ މިހާރު މި މީހުން އަންނަނީ ބޮލީވޫޑްގައި ފިޔަ ޖަހަމުންނެވެ. އެގޮތުން އެންމެ ކާމިޔާބު އެއް އެކްޓަރު ފަރްހާން އަހްތަރު އާއި ސާރާ އަލި ހާން ފާހަގަ ކޮށްލެވެއެވެ.
އަބިޝޭކް ނެރުމަށް ހަމަޖެފައިވާ ފިލްމް އާއި ގުޅޭ މާގިން މައުލޫމާތެއް އަދި ހާމައެއް ނުވެއެވެ. އަދި މި ފިލްްމްގެ ނަމެއްވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް މި ފިލްމް ދެން މާގިނަ ދުވަހެއް ނުނަގައި އިއުލާާން ކުރާނެ ކަމަށް ވެއެވެ.