ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަރު ގަބޫލުކޮށް އަދި މަނީ ލޯންޑަރ ކުރުމުގެ ކުށުގައި 11 އަހަރަށް ކުރީގެ ރައީސް ޔާމިން ޖަލަށްލާން ކުރިމިނަލް ކޯޓުން ކުރި ހުކުމުގެ ރިޕޯޓާއެކު ލިބެންޖެހޭ މަހުޟަރު ބަޔާންތައް އަދިވެސް ލިބިފައި ނުވާކަމުގައި ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެ އެވެ.
ޔާމިންގެ ވަކީލުންގެ ޓީމުގެ ޝިޔާޒު މިއަދު ކުރި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ ވަކީލުންގެ ޓީމުން ވަނީ ހުކުމްކުރި ދުވަހު، މަހުޟަރު ބަޔާންތަކާ އެކު ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓު ދޫކޮށްދިނުމަށް އެދިފައިވާ ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ހުކުމް އިއްވާ ދުވަހު ޚުލާސާ ރިޕޯޓުތައް ދޭންޖެހޭނެކަމަށް ގާނޫނުގައި ލިޔެފައި އޮތްނަމަވެސް އެ ރިޕޯޓުވެސް ކޯޓުން ދޫކޮށްފައިވަނީ، ރިޕޯޓު ހޯދުމަށަ އިހުތިޖާޖު ކުރުމުން ކަމުގައެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަހުޟަރު ބަޔާންތަކަކީ އެއް މަސްދަރުކަމުގައެވެ.
އޭނާ ވިދާޅުވީ ޚުލާސާ ރިޕޯޓު ދޫކުރުމުގައި ޝަރީއަތުން އަމަލުކުރި ގޮތަށް ބަލާއިރު، ޝަރީއަތް ނިމުން ގޮތުގެ ރިޕޯޓު ދޫކުރުމުގައިވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގުމުއްދަތު ހޭދަކުރާނެކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ދެކެއެވެ.
މަހުޟަރު ބަޔާން ތަކަކީ، ކޯޓުގައި ދެފަރާތުން ދެއްކި ވާހަކަތައް ލިޔެފައި ހުންނަ ލިޔުންތަކެވެ.
ކޮމެންޓު ފޮނުވާ