ނަޝީދަށް ތާއީދު ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ ކަމުގެ ތުހުމަތު!

ނަޝީދަށް ތާއީދު ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ ކަމުގެ ތުހުމަތު!

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ސަރުކާރުގެ މުވައްޒިފުންނާއި، ކުންފުނިތަކުގެ މުވައްޒިފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ.

މުވައްޒަފުންނަށް ބިރު ދެއްކުން ހުއްޓާލަން ގޮވާލައި ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތުން 2018 ގައި ނުކުމެ ވެރިކަން ބަދަލުކުރަން ވޯޓުލީ އެތައް ކަމެއް އަލުން އިޔާދަވަމުންދާކަމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރަމުން އަންނަ ކަމަށެވެ.

އެގޮތަށް ކުރަމުންދާ ކަންކަމުގެ ތެރޭގައި ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި ނަޝީދަށް ތާއީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުންގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށައި އޭގެ ބޭނުމަކީ އެމީހުން ވޯޓުލުމުން މަހްރޫމްކޮށް ނަޝީދުގެ ކެމްޕެއިނުގައި ރަށުގައި ހަރަކާތްތެރިވުން ދުރުކުރުވުން ކަމަށް ބަޔާނުގައި ބުންޏެެވެ.

ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާޢީދުނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައް ވެސް ދަނީ ލިބެމުންނެވެ. އެގޮތުން، ވާދަވެރި ކެންޑިޑޭޓަށް ތާއީދުނުކުރާ މުވައްޒަފުންނަށް ވަޒީފާތަކުގައި ނުތިބެވޭނޭކަމަށް ބުނެ ބައެއް މިނިސްޓަރުން މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދޭ.

– ނަޝީދުގެ ފަރާތުން ނެރުނު ބަޔާނުގައި ވެއެވެ.

ނަޝީދުގެ ކެމްޕެެއިން ޓީމުން ބުނީ އެ ނާތަހްޒީބު އަމަލުތައް އަނެއްކާ ވެސް އެމްޑީޕީގެ މި ސަރުކާރުން ދަމަހައްޓައި އެމަގަށް ކަންކަން ބައްޓަންކުރާން މަސައްކަތް ފަށާފައިވާކަމީ މި ކެމްޕޭނުން އިންތިހާއަށް ކަންބޮޑުވާ އަދި ހަމަ އެހައިމެ ހަރުއަޑުން ކުށްވެރި ކުރާ ކަމެއްކަމަށެވެ.

ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެއެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މިއީ ރިޔާސީ ޕްރައިމަރީއެއްގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު މީގެ ކުރިން ދެ ފަހަރަކު ވާދަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *