އަލިފުށީ އެއަރޕޯޓް ޓާމިނަލުގެ ބިންގާ އަޅައިފި

އަލިފުށީ އެއަރޕޯޓް ޓާމިނަލުގެ ބިންގާ އަޅައިފި

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2023 10:07
0

ރ. އަލިފުށީ އެއަރޕޯޓް ޓަރމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ރ. އަލިފުށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އެއަރޕޯޓް ޓަރމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިންއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އަލިފުށީ ކައުންސިލް ރައީސް އާދަމް އިމްރާނެވެ. ރ. އަލިފުށީ އެއަރޕޯޓް ޓަރމިނަލްގެ މަސައްކަތްތައް ނިމުމުން، މި ސަރަޙައްދު ވައިގެ ދަތުރުފަތުރުގެ އައު ޒަމާނަކަށް އަލިވިލިގެންދާނެއެވެ. ފަތުރުވެރިކަމާއި، ވާޑާންކުރުމާއި، ބޯޓުޔާޑުގެ ވިޔަފާރި ފުޅާވެ އިޤްތި ޞާދު އައު މިސްރާބަކަށް ބަދަލުވެގެންދާނެއެވެ. އަލިފުށީ ސަރަހައްދުގައި އައު ރިސޯޓްތައް އުފެދި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެންދާނެއެވެ.

އަދި މި އެއަރޕޯޓުން ފުރައިގެން ވިއްސަކަށް މިނިޓްތެރޭ ވާދޫއަށާއި، ރަސްގެތީމަށާއި، އަނގޮޅިތީމަށާއި، ށ. ކޮމަންޑޫއަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަލިފުށީ ބިން ހިއްކުމުގެ މަޝަރޫޢުގެ ދަށުން 5.50 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވިގެން ދާއިރު، މި ބިމަކީ ސީދާ ރަށު ފަސްގަނޑާ އެއްފަސްވެގެން ހިއްކޭ ބިމެކެވެ. އެހެންކަމުން، 451 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމިގެން ދާއިރު އަލިފުށީ ބިމުގެ ސައިޒްވެސް ދެގުނައަށް ބޮޑުވެ 109 ހެކްޓަރުގެ ބޮޑު ރަށަކަށް ރ. އަލިފުށި ބަދަލުވެގެންދާނެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެ މްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.