"ޑަބަލް އެކްސް އެލް" ނެޓްފްލިކްސް އަށް

"ޑަބަލް އެކްސް އެލް" ނެޓްފްލިކްސް އަށް

Author
ފާތިމަތު ނާވީ
03 ޖެނުއަރީ 2023 04:46
0

ސޮނާކްޝީ ސިންހާ އާއި ހުމާ ޤުރައިޝީ އެކުގައި ފެނިގެން ދާ ފިލްމު "ޑަބަލް އެކްސްއެލް" ސްޓްރީމިންގް ޕްލެޓް ފޯމް ނެޓްފްލިކްސް އިން ބެލޭނެ ގޮތް ހަމައްޖައްސައިފިއެވެ.

މި ފިލްމު މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެ ކަމަށް ނެޓްފްލިކްސް އިންޑިއާ އިން އިޢުލާންކޮށްފައި ވަނީ މިދިއަމަހުގެ 28 ވަނަ ދުވަހުއެވެ. މިކަން އިޢުލާނުކޮށްފައި ވަނީ "ޑަބަލް އެކްސްއެލް"ގެ ޕޯސްޓަރާއި ކެޕްޝަން އާއިވެސް އެކުގައެވެ.

ސޮނާކްޝީ އާއި ހުމާ އަކީ ފިލްމު ކުޅެން ފެށިތާ ކައިރީގައި ހަށިގަނޑު ފަލަވުމުގެ ސަބަބުން ބެލުންތެރިންގެ ފާޑުކިޔުން އަމާޒުވީ ދެ ތަރިންނެވެ.

މި ފިލްމަކީ މިފަދަ ފުރައްސާރަތަކާ ދެކޮޅަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމަކީ ފަލަ މީހުންނަށް ކުރާ ފުރައްސާރައިގެ ވާހަކައާއި އެމީހުންނަކީ ފޮނި ހުވަފެން ދެކުމުން މަހުރޫމުވާން ޖެހޭ ބައެއް ނޫންކަމުގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.

މި ކޮމެޑީ އަކީ ކުރީގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކް 2019 ގައި ގެނެސްދިން މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ހުމާ އާއި ސޮނާކްޝީގެ އިތުރުން މި ފިލްމްގެ މުހިންމު ރޯލުތަކުން ސޮނާކްޝީގެ ލޯބިވެރިޔާ ޒަހީރް އިޤްބާލާއި ބޮލީވުޑަށް އަލަށް ތަޢާރަފްވާ މަހަތު ރާގަވެންދަރް ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.