އޭވީސީ ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ ކޮމިޓީއަށް ވީއޭއެމްގެ ރައީސް ލަތީފް

އޭވީސީ ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ ކޮމިޓީއަށް ވީއޭއެމްގެ ރައީސް ލަތީފް

Author
އިބްރާހީމް ސާޢިދު
24 ނޮވެމްބަރ 2020 07:15
0

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުޙައްމަދު ލަތީފް އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ ކޮމިޓީއަށް އައްޔަން ކޮށްފި އެވެ.

މިިދިޔަ މަހުގެ ތެރޭގައި އޭވީސީގެ ސެންޓްރަލް ޒޯންގެ ރައީސް ކަމަށް ލަތީފް އިންތިހާބުކުރި ނަމަވެސް، އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ ކޮމިޓީގެ މެމްބަރުކަމަށް ލަތީފް އައްޔަނުކުރީ މި މަހު ނުވަ ވަނަ ދުވަހު ބޭއްވި އޭވީސީގެ ބޯޑް މެމްބަރުންގެ ބައްދަލުވުމުގަ އެވެ. އޭވީސީ މާކެޓިންގ ކޮމިޓީ އަކީ މި ބައްރުގައި ވޮލީބޯޅަ ތަރައްގީ ރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކޮމިޓީ އެކެވެ.
އެ ކޮމިޓީގެ ފަރާތުން އޭޝިއާގެ ވޮލީބޯޅައިގެ ތަރައްގީއަށް ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން އޭވީސީ ބޯޑަށް ލަފާދިނުމާއި ވޯލްޑް ވިޝަން 2008 ޕްރޮޖެކްޓްގެ ތެރެއިން ވޮލީބޯޅައިގެ ތަރައްގީއާއި މާކެޓިންގ މަސައްކަތްތައް ކުރުމުގައި މެމްބަރު އެސޯސިއޭޝަންތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން އެކަމާގުޅޭ ސެމިނާތަކުގައި އެހީތެރިވުން ފަދަ މުހިއްމު ކަންތައްތައް ހިމެނެ އެވެ. އަދި އޭވީސީގެ ރައީސް އާއި އެގްޒެކްޓިވް ޑިރެކްޓަރުންނާ ގުޅިގެން ސްޕޮންސަރުންނާ އެކު ތަރައްގީގެ މަސައްކަތްކުރުން ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު ޖޫން މަހު ލަތީފްގެ ލީޑަޝިޕާ ގުޅޭ މައްސަލަތަކެއް ބަލައި ކޮމިޝަނާ އޮފް ސްޕޯޓްސް ހިނާ އަޙްމަދު ސަލީމް (ބޮޑުހީނާ) ވަނީ ލަތީފްގެ ލީޑަޝިޕް އުވާލައި ނޯމަލައިޒިން ކޮމިޓީއަކާ ވީއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. ނޯމަލައިޒިން ކޮމިޓީގެ ދައުރު ހަމަވީ ވީއޭއެމްގެ އިންތިހާބެއް ނުބޭއްވި އެވެ. އޭގެ ފަހުން ކްލަބްތަކުން އިސްވެ ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށް އެސޯސިއޭޝަން ހިންގުން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރި ނަމަވެސް ބައިނަލްއަގުވާމީ ފެޑަރޭޝަންތަކުން އަދިވެސް ވީއޭއެމްގެ ކަންތައްތަކުގައި މުއާމަލާތްކުރަނީ ލަތީފާއެވެ.
އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ ކޮމިޓީގައި ލަތީފްގެ ދައަރު ހަމަަވާނީ 2023 ވަނަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.