ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ހާން އެނބުރި އައުން ފާހަގަ ކުރާ ފިލްމް "ޕަޓާން" ގެ ލަވަ "ބޭޝަރަމް ރަންގް" އަށް ބަދަލުތަކެއް ގެންނަން އިންޑިއާގެ ސެންސަރު ބޯޑުން އެދިއްޖެ އެވެ.
ބޮޑު މައްސަލަ ގަނޑަކަށްވެ އިންޑިއާގެ އެކި ސަރަހައްދު ތަކުގައި ވަލަ ކަމުނުގޮސްގެން މުޒާހަރާކުރި ލަލަ އަށް ބަދަލު ގެނައުމަށް އެދި އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އިން އަންގާފައި ވަނީ ގައުމާއި ރައްޔިތުންގެ ހައިބަތާއި ހުރުމަތަށްޓަކަށް ލަވަ އަށް އިސްލާހުތަކެއް ގެންނާށެވެ.
"ބޭޝަރަމް ރަންގް" އެހާބޮޑު މައްސަލަ ގަނޑަކަށްވީ ލަވައިގެ ނަމުގެ ގޮތުން ދީޕިކާ ލީ ސެފްރޯން ކުލައިގެ ހެދުމެއްގެ ސަބަބުންނެވެ. އެއީ އިނޑިއާގެ ފާދިރީން އެންމެ ސާފުތޯހިރު ކުލަ ކަމަށް ބުނާ އަދި އެމީހުން ބޭނުން ކުރާ ކުލައެވެ. އަދި ހަމަ އެއާއި އެކުގައި ލަވައިގައި ބޭނުން ކޮށްފައިވާ އެހެން ކޮސްޓިއުމް ތަކަކާއި ވެސް ނިވާކަން ކުޑަ ހެދުންތަކެއް ކަމަށް ވުމާއި ލަވައިގައި އެކުލެވޭ ބައެއް ސްޓެޕްތައް "ބަލަން ހެޔޮނުވާ ވަރަށް" ހުރުމެވެ.
މިފަދަ ކަންކަމާ ހެދި "ޕަޓާން" ބޮއިކޮޓްކުރަން ގޮވާލައި އަދި އެ ފިލްމު އަޅުވާ ސިނަމާތަކުގައި ހުޅުޖަހާނެކަމުގެ އިންޒާރު ވެސް އިންޑިއާގެ ބައެއް ހިސާބުތަކުގެ މީހުން ދީފައިވެ އެވެ.
މި ފިލްމު ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ 25 ޖަނަވަރީ 2023 އަށެވެ. އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ތުރިލާ އަކީ އެ ސްޓޫޑިއޯގެ 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާފައިވާ ފިލްމެކެވެ.