ނަޝީދަކީ ވެރިކަމަށް ކުފޫހަމަވާ މީހެއްނޫންކަމަށް، ގަބޫލުކުރެވުމަކީ ހެޔޮފާލެއް: ޑރ.އިޔާޒު

ނަޝީދަކީ ވެރިކަމަށް ކުފޫހަމަވާ މީހެއްނޫންކަމަށް، ގަބޫލުކުރެވުމަކީ ހެޔޮފާލެއް: ޑރ.އިޔާޒު

އެމްޑީޕީގެ ރައީސް އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަން މިއަދު ގިނަ ބަޔަކު ގަބޫލުކުރާކަމީ ހެޔޮފާލެއް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ޞާލިހަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ދެއްކެވި ވާހަތަކަށް ތާއީދު ކުރައްވައި ކުރެއްވި ޓުވީޓުގައެވެ.

ޑރ.އިޔާޒު ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަމަށްކުފޫ ހަމަނުވާ މީހެއްކަން ތަކުރާރުކޮށް ވިދާޅުވެފައިވާނެކަމަށެވެ. އަދި މިއަދު އެކަން އެމްޑީޕީގެ އާންމު މެމްބަރުންނާއި، ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންނަށް ގަބޫލު ކުރެވިފައިވާކަމީ ރާއްޖެއަށްވެސް އެކަމުން ހޮޔެ ގޮތްތަކެއް ލިބިގެންދާނެ ކަމެއްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ގިނަ މެމްބަރުންނަށް މިހާރު އެބަވިސްނޭ މުހައްމަދު ނަޝީދަކީ ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫންކަން. މީގެ ކުރިން އަޅުގަޑުމެން މިވާހަކަ ދެއްކީމާ ޤަބޫލުނުކުރައްވާ އެތައް ބޭފުޅުންނެއް މިހާރު އެކަން ޤަބޫލުކުރައްވާ. މިއީ ހެޔޮފާލެއް.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ނަޝީދަށް އިޝާރާތް ކުރައްވައި، ހުސައިން ވިދާޅުވީ އެ މަނިކުފާނުގެ ބޭނުންފުޅަކީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުން ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބު ނުވާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ބޭނުންފުޅަކީ ކާމިޔާބު ނުވެއްޖެ ނަމަ، ޒާތީ ހަސަދައިގައި ވެރިކަން ގެއްލުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވި ގޮތުގައި ރާއްޖެއަށް މި ސަރުކާރުން ގެންނަ ތަރައްގީތައް ނަޝީދާއި އެ މަނިކުފާނުގެ ޓީމަށް ވެސް ފެންނާނެއެވެ. އަދި އެންމެ ހަލުވިކޮށް ތަރައްގީތައް ގެންނަނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

4 Responses

    1. މަންޖެ އަށް ޝައިޚެއް ކަމަށް ޤަބޫލު ނުކުރެވުނީ ލާދީނީ ފިކުރުގެ މަންޖެއަކަށް ވީތީ ނަޝީދް ވެރިކަމަށް އައިއްސިއްޔާާ
      މިރާއްޖޭގާ ފިރިހެންކުޅި، އަންހެންކުޅި އާއްމުވާނެ ބުއިމަކަށް ބޯނީ ބަނގުރާ.ބިރަކާނުލާ މަޖާކުރާނެ

  1. އިބޫ ދެންއެއީ ދުއާދެއްވި ފަދަ ވެރިއެއް؟ ގެރިމޯދީ ބުނިގޮތެއްހަދަން!!! އިންޑިއާ އަޅުވެތިވެފަ!! ޗައިނާ އަޅުވެތިވިވާހަކަ މިދައްކަނީ އެކަމަކު!!

    1. ޔާމީނ ބެންކޮކުން އަންހެން ކުދިންނައް ރުފިޔާދީފަ ނަގާގެން ތަންތަނައް ދިޔުން ހަލާލު ކަމެއް ބުނީމަ ހަރާނ ނުވޭ ނަސީދު ރާބުނީމަ ހަރާނ ސޯލިހު މޯދީބުނީމަ ކަމަކުނުދޭ ހާދަތާހިރު ވާހަކަ އެއްދޯ

Leave a Reply

Your email address will not be published. Required fields are marked *