މާލޭ މޭޔަރުގެ ނަމުގައި "ފޭކު" މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

މާލޭ މޭޔަރުގެ ނަމުގައި "ފޭކު" މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

Author
ޢަލީ އާދަމް
29 ޑިސެމްބަރ 2022 10:44
0

މާލެ ސިޓީ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުގެ ނަމުގައި "ފޭކު" މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް، މާލޭ ސިޓީ ކައުންސިލުން އިސްތިމާސްކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ މިފަދަ އަސްލެއްނެތް މެސެޖުތަކެއް ރާއްޖޭގެ އެކިއެކި ނޫސްވެރިންނަށް ފޮނުވަމުންދާކަމުގެ މައުލޫމާތު އެކައުންސިލަށް ލިބޭކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަމަށް ސަމާލު ވުމަށާއި މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ނަމުގައި އެއްވެސް މެސެޖެއް ލިބިއްޖެނަމަ އެކަން މޭޔަރުގެ އަރިހުން އޮޅުންފިލުފައި ހަޤީޤަތް ސާފުކުރުމަށް ސިޓީކައުންސިލުން އެދެއެވެ. އަދި އެކަން މޭޔަރުގެ އަރިހުން ސާފުކޮށް އޮޅުން ފޮލުމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ވަނީ އެދިފައިކަމަށްވެސް އެ ކައުންސުލުން ބުނެއެވެ. 

ފަހަކަށް އައިސް ރާއްޖޭގެ އެހިއެކި ސިޔާސީ ބޭފުޅުންނާއި އެނޫންވެސް މަޝްހޫރު ބޭބޭފުޅުންނާއި މުއައްސަސާތަކުގެ ނަމުގައި ފޭކް މެސެޖުތަކާއި ކޯލްތައް ކުރުންވަނީ ޢާންމުވެފައެވެ. އަދި އެފަދަ ކޯލްތަކާއި މެސެޖުތައް މެދުވެރިކޮށް މީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ފޭރުމާއި މީހުން ބްލެކްމެއިންކުރުންފަދަ ކަންކަން ކުރިމަތިވެއެވެ.

މިފަދަ އެތައް މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.