ނަޝީދަކީ ވެރިކަން ބޭނުންވާ މީހެއް، ނުރުހެނީ ވެރިކަމުގައި އަޅުގަނޑު ހުރުމުން: ރައީސް

ނަޝީދަކީ ވެރިކަން ބޭނުންވާ މީހެއް، ނުރުހެނީ ވެރިކަމުގައި އަޅުގަނޑު ހުރުމުން: ރައީސް

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2022 05:25
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޚިޔާލު ތަފާތުވުން އޮތީ ވެރިކަމުގައި އެމަނިކުފާނު ހުންނެވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި، ރައީސް ޞާލިހާއި ޚިޔާލު ތަފާތު އޮތީ ކޮންކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ޞާލިހު ވިދާޅުވީ ރައީސް ނަޝީދާއި ޚިޔާލު ތަފާތުވުން އޮތީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުމުން ރައީސް ނަޝީދު ހިތްހަމަ ނުޖެހޭތީކަމަށެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގެ ހުވަފެން ދެކޭ ވެރިކަމަށް އައުމަށް މަސައްކަތް ކުރައްވަމުންދާ ބޭފުޅެއްކަމަށާއި، ވެރިކަމުގައި އެމަނިކުފާނު ނޫން އެހެން ކޮންމެ މީހަކު ހުރިނަމަވެސް ރައީސް ނަޝީދުގެ އެހިތްހަމަ ނުޖެހުން އެމީހަކާއި އޮންނާނެކަމަށެވެ. ނަމަވެސް ރައީސް ޞާލިހު ވަނީ ރައީސް ނަޝީދު ވެރިކަން ހޯދުމަށް ކުރައްވާ މަސައްކަތުގައި އަމަލުކުރާ ބައެއް ގޮތްތަކާއިމެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އަދި ސިޔާސީ އެކި ކަންކަމުގައި ދެބޭފުޅުންގެ މެދުގައި ޚިޔާލް ތަފާތުވުން އޮންނަ ކަމަށެވެ. ނަމަވެސް ވެރިކަމުގައި ހުންނަ މީހާއަށް ދެވޭ ޚިޔާލަކީ ވަކި މީހެއްގެ ހިޔާލެއްގެ މައްޗަށް އެކަނި ނިންމޭ ކަމަކަށް ނުވުމުން ދެވޭ ޚިޔާލުތަކަށްފަހު ރައީސް ނަޝީދު ނިންމަވާ ނިންމެވުމަށް އިހުތިރާމް ކުރައްވާކަމަށެވެ.

ނަމަވެސް މިއަދު ކަންކަން ވަމުންދަނީ އެގޮތަށް ނޫންކަމަށާއި، ރައީސް ނަޝީދު ހުށަހަޅުއްވާ ކަންކަންވެސް ނިންމަނީ ގިނަ ބައެއްގެ މަޝްވަރާއާއިއެކު ގިނަ ބަޔަކު އެކަމުގައި ދެކޭ ގޮތަށް ބެލުމަށްފަހު ރައީސް ވިދާޅުވިއެވެ. މިހާރު އޮތީ ކޯލިޝަން ސަރުކާރަކަށް ވުމުން އަބަދުވެސް ކަންކަން ނިންމުމުގައި މަޝްވަރާ އިސްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ރައީސް ނަޝީދުކީ މިހާރު ރައީސްކަން ބޭނުން ނުވާ ބޭފުޅެއްކަން ވިދާޅުވިކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ބޮޑުވަޒީކަން ކަމަށް ވަރަށް ސާފުކޮށް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާައަޙްމަދް
ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގެ ހުވަފެން ދެކޭ ވެރިކަމަށް އައުމަށް މަސައްކަތް ކުރައްވަމުންދާ ބޭފުޅެއްކަމަށާއި، ވެރިކަމުގައި އެމަނިކުފާނު ނޫން އެހެން ކޮންމެ މީހަކު ހުރިނަމަވެސް ރައީސް ނަޝީދުގެ އެހިތްހަމަ ނުޖެހުން އެމީހަކާއި އޮންނާނެކަމަށެވެ (ރައީސް އެވީދާޅުވީ ހަމަ ތެދުފުލެކެވެ.)
އ އަޙްމަދް
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޚިޔާލު ތަފާތުވުން އޮތީ ވެރިކަމުގައި އެމަނިކުފާނު ހުންނެވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. (ރައީސް އެ ވިދާޅުވީ ތެދުފުޅެެކެވެ.)