ޚިޔާނާތުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދަށުކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމަކީ ޙަރާމް ުކުމެއްކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އަދި ޕީއެންސީގެ ނައިބު ރައީސް މިއަދުގެ ކައުންސިލް ޖަލްސާގައިވެސް އިހްތިޖާޖު ކުރައްވައިފިއެވެ.
މިއަދު ކުރިއަށްދިޔައީ މާލެ ސިޓީ ކައުންސިލްގެ 4ވަނަ ދައުރުގެ 82ވަނަ ޖަލްސާއެވެ. މިއަދުގެ ޖަލްސާގައި ޝުޖާއު ވަނީ ރައީސް ޔާމީންގެ މައްޗަށް ދަށުކޯޓުން އިއްވީ ހަރާމް ހުކުމެއްކަމަށް ޕީޕީއެމްގެ ލީޑަރޝިޕުގެ އިސް ބޭފުޅުން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި ޔާމީން ޖަލަށްލީ ޖަންގަލީގެ އުސޫލުތަކެއްގެ ތެރެއިންކަމަށް ވެސް ޝުޖާއު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ޖުޑިޝަރީގެ ތެރެއަށް އަތް ބާނައިގެން ފަނޑިޔާރު މަނިކުފާނު "އުލު ބައިންދައިގެން" ކުރި ހަރާމް ހުކުމެއްގެ ގޮތުގައި ޔާމީންގެ މައްޗަށް އިއްވި ޙުކުމް ޝުޖާޢު ސިފަކުރެއްވިއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދަޢުލަތުން ކުރި ޚިޔާނާތާއި ރިޝްވަތުގެ ތުހުމަތުގެ 2 ދަޢުވާއެއް ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އާދީއްތަދުވަހުއެވެ.