މިއޮތީ "މިރާއީ" ގެ ޕްރޮމޯޝަނަލް ލަވަ، ބަލާލަބަލަ

މިއޮތީ "މިރާއީ" ގެ ޕްރޮމޯޝަނަލް ލަވަ، ބަލާލަބަލަ

Author
ފާތިމަތު ނާވީ
28 ޑިސެމްބަރ 2022 07:43
0

"ދަރަކަ" ގެނެސްދިން އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށްފައިވާ، "މިރާއީ" ވެބް ސީރީޒްގެ ޕްރޮމޯޝަނަލް ލަވަ އާންމުކޮށްފި އެވެ. މި ވެބް ސީރީޒް އަކީ ބައިސްކޯފުން ގެނެސްދޭ އެއްޗެކެވެ.

މި ލަވަ ވަނީ ބައިސްކޯފުގެ ޔޫޓިބު ޗެނަލްގައި އާންމުކޮށްފައިއެވެ. ލަވައިގައި ފެނިގެންދަނީ ފިލްމްގެ ލީޑުން ފެނިގެންދާނެ ދެތަރިން ކަމުގައިވާ  ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ޝަރަފު އަބްދުﷲ އެވެ. މި ލަވައިގެ މިއުޒިކް ހެދީ ޝަހީދު ލެގަސީ އެވެ.

މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) ގެ ޅެމަށް، ލަވަ ކިޔާފައި ވަނީ މީގެ މެލޮޑީ ވެސް ހެދި ފާލިހް އާދަމާއި އައިޝަތު ޝަމާހަތެވެ. މި ވެބް ސީރީޒް ބައިސްކޯފުން ޕްރިމިއާ ކުރުމަށް ހެމަޖެހިފައިވަނީ އާއަހަރާއި ދިމާކޮށް ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގައިއެވެ.

"މިރާއީ" ގެ ކާސްޓުގައި މުހައްމަދު އިޝްފާނާއި އާއި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) ގެ އިތުރުން ރަވީ ފާރޫގް، އަހުމަދު ސައީދު އޭނަގެ އަންހެނުން ފާތިމަތު އާޒިފާ (އަޒޫ) ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.