މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް

މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް

Author
ޢަލީ އާދަމް
07 އޮކްޓޯބަރ 2020 12:37
0

މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ފުލުހުން ފުރަތަމަ ފަހަރަށް ހުޅުވާލައިފިއެވެ.

ފުލުހުން ވިދާޅުވީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވި ހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދު 14:00 އާހަމަށްވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށްފަހު ޕޮލިސް މީޑިއާ މެއިލް [email protected] އަށް މެއިލް ކުރުމަށް ފުލުހުންވަނީ އެދިފައެވެ.

މި ކަމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. މިއީ މިފަދަ ގޮތަކަށް އާންމުންނަށް ފުރުސަތު ދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ ހަރަކާތްތަކުގައި އާންމުކޮށް ބައިވެރި ވުމަށް ފުރުސަތު ދެނީ ކަމާގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާއި މީޑިއާ ތަކަށެވެ

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ދޫނިދޫގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.