ކޮންމެ މީހަކަށް ވެސް ރަނގަޅު ފަނޑިޔާރެއްގެ ހައްގު ލިބެންޖެހޭ ކަމުގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖުޑިޝަރީ ހިނގަމުންދާ ގޮތް ޒުވާނުންނަށް ތަޖުރިބާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޖުޑިޝަރީ ފޮ ޖޫނިއާސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ހިސާން ވިދާޅުވީ ކޯޓުތަކޭ ބުނުމުން ކޮންމެ މީހަކަށ ވެސް ބަޔަކު ކުށެއް ކޮށް އެކަމުން ސަލާމަތް ނުވެގެން އުޅޭއުޅުން ސިފަވީ ނަމަވެސް، އެތަނަކި އަދުލު އިންސާފުގެ ތަނެއް ކަމަށެވެ.
އެގޮތުން ނާއިންސާފުން ތިމާގެ ޙައްޤެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް ކަމަށާއި، މިފަދަ ކޮންމެ ޙާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަޤީންވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ގޮތް ކަން ޙިސާން ފާހަގަކުރެއްވިއެވެ.
ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ، ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހާލަން ޖެހޭ ވަގުތެއް، މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް.
– ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ޖުޑީޝަރީއަކީ ޖިނާއީ އަދުލުގެ ނިޒާމުގެ އިތުރަށް މަދަނީ އަދުލު ވެސް އޭގައި ހިމެނޭ ކަމެއް ކަމަށެވެ. އާއިލާތަކާއި، މީހުންގެ އާންމު ދިރިއުޅުމާއި، ވިޔަފާރިތައް ހިމެނޭހެން އިންސާފެއް ބޭނުން ވެއްޖެ ހިނދެއްގައި އެ ކަމަށް އެދެވެނީ ފަނޑިޔާރުގޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ތަރިކަ ނުވަތަ އިންހެރިޓަންސްއާއި، ވިޔަފާރިއާއި، ދަރިންގެ ހަރަދާއި، ދަރިންގެ ކަސްޓަޑީއާއި، ގެވެށި އަނިޔާއިން ހިމާޔަތް ހޯދުމާއި، އާންމު ދިރިއުޅުމުގައި ދިމާވާ ހައްލު ނުކުރެވޭ އެތައް އެތައް މައްސަލައަކާ ގުޅިފައިވާ ދާއިރާއެއް.
– ހިސާން ވިދާޅުވިއެވެ.
ޙިސާން ޙަސަން ވިދާޅުވީ، ޖުޑިޝަރީއަށް ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންނާއި ލޯޔަރުންނެއް ނޫން ކަމަށެވެ. އަދި އެހެން ހުރިހާ ދާއިރާއެކޭ ވެސް އެއްގޮތަށް މި ދާއިރާއަކީ ވެސް ޓެކްނީޝަނުންނާއި މީޑިއޭޓަރުންނާއި، ސޯޝަލް ވޯކަރުން ބޭނުންވާ ދާއިރާއެއް ކަމަށެވެ. އައިޓީ ދާއިރާގެ ހުނަރުވެރިންނާއި ހިންގުންތެރިންނާއި ކޯޓު އޮފިސަރުން ވެސް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
— Judicial Service Commission (@MaldivesJSC) December 17, 2022
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ ހިސާން ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ކޮމިޝަންގެ ވާޖިބު އަދާކުރަމުންދާނެ ކަން ޔަގީންކުރާނެ ކަމަށެވެ.