މައްޔިތާއަށް އިހުތިރާމް ކުރުމާއި، ކަށްވަޅު ކޮނެގެން ބަގުރު ނެގުމުގެ ހުކުމަކީ ކޮބާ؟

މައްޔިތާއަށް އިހުތިރާމް ކުރުމާއި، ކަށްވަޅު ކޮނެގެން ބަގުރު ނެގުމުގެ ހުކުމަކީ ކޮބާ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މައްޔިތާ މަރުވުމަށްފަހު އެންމެ ރަނގަޅު ގޮތަކީ އަވަހަށް ހިނަވާ، ކަފުންކޮށް، ޖަނާޒާގެ އެންމެހައި ކަންތަކެއް ވީހާވެސް އަވަހަކަށް ނިންމާލުމެވެ. لحدِيث اِبْن عُمَر رضي الله عنهما قال : سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : (إِذَا مَاتَ أَحَدكُمْ فَلَا تَحْبِسُوهُ وَأَسْرِعُوا بِهِ إِلَى قَبْره) رواه الطَّبَرَانِيّ بِإِسْنَادٍ حَسَن كما قال الحافظ في الفتح  މާނައަކީ: "އިބްން ޢުމަރު ވިދާޅުވިއެވެ. رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާތީ ތިމަން ކަލޭގެފާނު އަޑުއެއްސެވީމެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުވެއްޖެނަމަ ލަސްނުކޮށް އަވަހަށް އޭނާ ވަޅުލާ ހުށި ކަމެވެ."

މައްޔިތާއަކީ ޞާލިޙް ރަނގަޅު މީހެއްނަމަ އޭނާގެ އެންމެ ބޮޑު އެދުމަކަށްވާނީ ވީހާވެސް އަވަހަކަށް މާތްﷲގެ ޙަޟްރަތަށް ދިޔުމެވެ. އެހެންކަމުން މައްޔިތާގެ އަހުލުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ ދިގު އިންތިޒާރެއް ނުކޮށް ވީހާވެސް އަވަހަކަށް މައްޔިތާގެ ޖަނާޒާގެ ކަންތައް ނިންމުމެވެ.

އިސްލާމީ އުއްމަތުގެ އެންމެހައި ޢިލްމުވެރިންނާއި މުސްލިމް އުއްމަތް އެއްބަސްވާ ގޮތުގައި މުސްލިމުންނަކީ ދިރިތިބޭއިރު އެބައިމީހުންނަށް އިޙްތިރާމް ކުރުން ވާޖިބުވާ ފަދައިން މަރުވުމަށްފަހުވެސް އިޙްތިރާމް ލިބިގެންވާ އަދި ލިބެންޖެހޭ ބައެކެވެ.

އެހެންކަމުން މުސްލިމަކު ދިރިހުންނައިރު ގެއްލުމެއްދޭން ހުއްދަނުވާ ފަދައިން އޭނާ މަރުވުމަށްފަހުވެސް ގެއްލުމެއްދިނުމީ ހުއްދަވެގެންވާ ކަމެއްނޫނެވެ. رَسُولُاللَّهِصلى الله عليه وسلم ޙަދީޘު ކުރަށްވާފައިވެއެވެ. (إِنَّكَسْرَعَظْمِالْمُؤْمِنِمَيِّتاًمِثْلُكَسْرِهِحَياًّ ) رواهأبوداودوابنماجةوصححهابنحبان މާނައީ: މުސްލިމަކު މަރުވެފައި އޮތްވާ އޭނާގެ ހަށިގަނޑުން ކަށްޓެއް ބިންދާލުމަކީ އޭނާ ދިރިހުއްޓާ އޭނާގެ ގައިގެ ކަށިގަނޑެއް ބިންދާލުންފަދަ ކަމެކެވެ. މިއެވެ. އަދިވެސް އިތުރު އެކަލޭގެފާނު ޙަދީޘު ކުރަށްވާފައި ވެއެވެ. (لاَتُؤْذِيصَاحِبَالْقَبْرِ) رواهالطبراني  މާނައީ: ކަށްވަޅުގައި އޮންނަ މީހާއަށް އުނދަގޫ ނުކުރާށެވެ! މިއެވެ.

ދީނުގައި ހުރި މިއެންމެހައި ދަލީލުތަކުގެ އަލީގައި ޢިލްމުވެރިން ވިދާޅުވަނީ މިމައްސަލާގައި އަޞްލަކީ މުސްލިމު މައްޔިތާ ކަށްވަޅުން ނެގުމަކީ ޙަރާމްކަމެއް ކަމަށެވެ. މިހެނީ އޭނާ ކަށްވަޅުން ނެގުމަކީ ޝަރީޢަތުގައި ވާޖިބުކޮށްފައިވާ ޙުރުމަތްތެރިކޮށް ހިތުމާއި އެކަމަށް ރައްކައުތެރިވުމުން އޭނާ މަޙްރޫމުވެ، އޭނާގެ ޙައްޤު ގެއްލިގެންދާ ކަމެކެވެ.

މިގޮތުން ދީނުގެ ފިޤުހުވެރިންވަނީ މިކަމާމެދު ޤަވާޢިދެއް ކަނޑައަޅުއްވާފައެވެ. އެއީ: لاَيَجُوزُنَبْشُقَبْرِالْمَيِّتِإِلاَّلِعُذْرٍشَرْعِيٍّوَغَرْضٍصَحِيحٍ ، فَاْلأَصْلُهُوَحُرْمَةُنَبْشِالْقُبُورِإِلاَّفِيحَالاَتٍخَاصَّةٍبَيَّنَهَاالْفُقَهَاءُ ، މާނައީ: ޝަރުޢީ ޢުޛުރަކާ ނުލައި އަދި ޞައްޙަ ބޭނުމަކާ ނުލައި މައްޔިތާ ކަށްވަޅުން ނެގުމަކީ ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ. އެއީ އަޞްލު އުޞޫލަކީ މައްޔިތާ ކަށްވަޅުން ކޮނެނެގުން ޙަރާމްވުމެވެ. އެކަން ހުއްދަވާހުށީ ޚާއްޞަ ޙާލަތްތަކެއްގައެވެ. އެކަންތައް ފިޤުހުވެރިން ބަޔާންކޮށްފައި ވެއެވެ. އަދިވެސް ޝައިޚު ޢަބްދުލްމުޙްސިނު އިބްނު ޙަމަދް ޢައްބާދު ވިދާޅުވެފައި ވެއެވެ. لاَتَنْبُشُالْقُبُورَلِغَيْرِمَصْلَحَةٍ ، މާނައީ: މަޞްލަޙަތެއް ނެތި ކަށްވަޅުކޮނެ މައްޔިތާ ނެގުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. ސަޢޫދީ ދާރުލްއިފްތާގެ ފަތުވާ 74077 ނަންބަރު 9 ރަބީޢުއްޘާނީ 1427 ގައި ޙުކްމު ނަބްޝިލް ޤުބޫރިލް ޤަދީމާ، މިސުރުޚީގެ ދަށުގައި ފަތުވާ ދެއްވާފައި ވެއެވެ.

އޭގައި މިފަދައިން ބަޔާންކުރަށްވާފައި ވެއެވެ. ولايجوزنبشهاإلافيحالةالضرورة، أوفيحالةماإذالميبقللميتأثرمنعظمأونحوه، وقداختلفأهلالعلمفيجوازالانتفاعبالمقبرةالدارسة، فذهبالمالكيةإلىأنهينتفعبهافيكلماكانللهكالمسجد، وذهبغيرهمكالجمهورإلىجوازالانتفاعبهابكلأنواعالانتفاعمنبناءالمساجدوالمساكنوالزراعة، މާނައީ: އެޤަބުރު ކޮނުމަކީ ޟަރޫރީ ބޭނުމަކަށް ނޫނީ ހުއްދަކަމެއް ނޫނެވެ. އަދި ކަށްވަޅުގައި މައްޔިތާގެ ކަށްޓާއި އެނޫންވެސް އަސަރެއް އޮތް ހިނދަކުވެސް ޤަބުރު ކޮނުން ހުއްދަވެގެން ނުވާނެއެވެ. އެހެންކަމުން، ފަނާވެފައިވާ ޤަބުރުސްތާނު އަމިއްލަ ބޭނުންތަކަށް ބޭނުންހިފުން ހުއްދަ ކުރުމާމެދު ދަންނަބޭކަލުންގެ މެދުގައި ރައުޔު ތަފާތު ވެގެންވެއެވެ.

މާލިކީ މަޛްހަބުގައި އެފަދަ ޤަބުރުސްތާނުގެ ބޭނުންހިފުމަކީ، މިސްކިތް އެޅުންފަދަ ﷲގެ ނަމުގައި ކުރެވޭ ކޮންމެ ކަމަކަށް ބޭނުންކުރެވިދާނެ ތަނެކެވެ. އެނޫން ގިނަ ޢިލްމުވެރިންގެ ރައުޔަކީ މިސްކިތް އެޅުމާއި ގެދޮރުބިނާކުރުމާއި ދަނޑުވެރިކަންކުރުމާ މިފަދަ ކޮންމެ ކަމަކަށް އެތަނުގެ ބޭނުން ހިފިދާނެ ކަމަށެވެ. މިއެވެ.

އަދިވެސް އެފަތުވާގައި މިފަދައިން އައިސްފައި ވެއެވެ. ولذلكفإنكانالقبرالمذكوربقيمنهشيء فلايجوزلكنبشهولاالبناءعليه، أماإذاكانالقبرقداندرسنهائياولميبقللميتأثرفقدعلمتمذاهبأهلالعلمفيه .މާނައީ: އެހެންކަމުން ބަޔާންވެދިޔަ ގޮތަށް މަހާނައިގައި މައްޔިތާގެ ހަށިގަނޑުގެ އެއްވެސް އަސަރެއް ފެނަން ހުރިކަމުގައިވާނަމަ، މަހާނަ ކޮނެނެގުމާއި އެތާގައި އެއްވެސް ބިނާއެއް ހެދުމަކީ ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. އެހެނެއްކަމަކު މަހާނަ މުޅިން ވީރާނާވެ އިންދިރާސްވެ ނެތިފައި، މައްޔިތާގެ އެއްވެސް އަސަރެއް އެތަނުން ފެންނަން ނެތްކަމުގައިވާނަމަ، އެކަމާމެދު ދަންނަބޭކަލުންގެ ރައުޔަކީ ކޮބައިކަން އެނގިގެން ހިނގައްޖެއެވެ. މިއެވެ.

(މިބައި ނެގިފައިވަނީ ދިވެހި ރާއްޖޭގެ އިސްލާމީ ފިގްހު އެކަޑެމީ އިން ގަބުރު ކޮނުމުގެ މައްސަލާގައި އެކުލަވާލި ރިޕޯޓުންނެވެ.)

واللهأعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *