މަޖިލީހުގައި ސިއްރު ޑިވައިސްތަކެއް ހަރުކުރުމަށް މަސައްކަތްކޮށްފި

މަޖިލީހުގައި ސިއްރު ޑިވައިސްތަކެއް ހަރުކުރުމަށް މަސައްކަތްކޮށްފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2020 09:26
0

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ނައިބް ރައީސް ހިމެނޭހެން މަޖިލީހުގެ ބައެއް ކޮމިޓީ ކޮޓަރިތަކުގައި ސިއްރު ޑިވައިސް ތަކެއް ހަރުކުރުމަށް ބަޔަކު މަސައްކަތް ކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކާއި، މަޖިލީހުގެ އެންމެ އިސްބޭފުޅުންގެ ކޮޓަރިތަކުގައި ސިއްރުން އަޑު އެހޭނެ ޑިވަސްތަކެއް ހަރުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބް ކޮށްފައިވާކަމަށެވެ.

އަޅުގަނޑުގެ ކޮޓަރީގައިވެސް މިބާވަތުގެ އާލާތް ހަރުކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ސްޓާފުންނާއި، ފުލުސް އޮފީހުގައި މަސައްކަތްކުރާ މީހަކާއި، ވާހަކަ ދެކެވި އެ ސެކިއުރިޓީ ސްޓާފްވަނީ މަޖިލީހުގެ ސާޖަޖްޓަޓް އާމްސްއާއި ސެކެޓްރީ ޖެނެރަލްއަށް އެ މައުލޫމާތު ދެއްވާފަ. އަޅުގަނޑު ވިސްނީ މިކަމުގައި ސާޖަންޓަޓް އާމްސް ކުޑަމަސައްކަތެއް ކޮށްލުމަކީ ރަނގަޅު ކަމެއްކަމަށް ވެދާނެއޭ. މައްސަލަ ފުލުހަށް ހުށަހެޅުމަކީ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކު ކުރެވޭ ކަމެއްނޫން. ފުލުސް އޮފީހުން ގުޅަމުންދިޔައީ އަންހެން ސްޓާފަކަށް.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެކަން ހުއްޓުވާފައިވަނީ ފުލުސް އޮފީހުގައި މަސައްކަތް ކުރާ ބޭފުޅަކާއި، މަޖިލީހުގެ އަންހެން ސްޓާފަކު ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މިކަން ކުރަން އުޅޭކަމުގެ މައްސަލަ މަޖިލީހުގެ ސާޖަންޓަޓް އާމްސް މެދުވެރިކޮށް މަޖިލީހުގެ އަމީން އާންގެ ސަމާލުކަމަށް ގެނެސް ފައިވާކަމަށެވެ. މަޖިލިސް ރައީސް ވަނީ މިމައްސަލަ ފުލުހުން ބެލި ކަމުގައި ވީނަމަވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީންވެސް ދިރާސާ ކުރުމަށް އެކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.