"ސޭމް ބަހާދޫރު"ގެ ޓީޒާ ދައްކައިލައިފި

"ސޭމް ބަހާދޫރު"ގެ ޓީޒާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
04 ޑިސެމްބަރ 2022 07:51
0

ބޮލީވުޑް އެކްޓަރު ވިކީ ކޯޝަލް އޭނާގެ ދެވަނަ ބައޯޕިކް "ސޭމް ބަހާދޫރު" ގެ ޓީޒާ  ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

"ސޭމް ބަހާދޫރު" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ އަސްކަރީ ވަރުގަދަ އޮފިސަރު ފީލްޑް މާޝަލް ސޭމް މަނެކްޝޯ ނުވަތަ ސޭމް ބަހާދޫރުގެ ވާހަކަ ކިޔަދައިދޭ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

ވިކިގެ ފުރަތަމަ ބައޯޕިކް އަކީ  "ސަރުދާރު އުދަމް ސިންގް"އެވެ. އެ ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ ވިކީ ގެ ދަވަނަ ބައޯޕިކް ޑްރާމާގެ ޑައިރެކްޓަރަކީ އޭނާ ވިކީ މުހިއްމު ރޯލެއް ކުޅުނު 2018 ގެ "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރު ހަދާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

"ސޭމް ބަހާދޫރު" އިން އިންދެބަތަލާ އަކު ފެނިގެން ދާނެއެވެ. އެއީ ފާތިމާ ސަނާ ޝައިހާއި ސާންޔާ މަލްއުތުރާ އެވެ. މީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމްއެވެ. މިދެތަރިން ނަކީ އެކުގައި ބޮލިވުޑްއަށ ްނުކުތް ދެތަރިންނެވެ. އެއީ 2016 ގެ "ދަންގަލް"އިން އާމިރު ހާންއާއި އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.