ރަހުނުކޮށްފައި އޮތީ ރާއްޖޭގެ މިނިވަންކަން: ޢަލީ ޙުސައިން

ރަހުނުކޮށްފައި އޮތީ ރާއްޖޭގެ މިނިވަންކަން: ޢަލީ ޙުސައިން

Author
ޢަލީ އާދަމް
30 ނޮވެމްބަރ 2022 10:18
0

މިއަދު ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖޭގެ މިނިވަންކަން މިއޮތީ ރަހުނުކޮށްފައިކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވާޑުވިޑާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް އަނެއްކާވެސް އިތުރު 100 މިލިޔަން ޑޮލަރުގެ ލޯނެއް ދިން ޚަބަރާ ގުޅިގެން ޢަލީ ޙުސައިން ވިދާޅުވެފައިވަނީ، މިއަދު މިއޮތީ ވަށައިޖެހޭ ދަރަނީގެ ދުނިޔެއެއްކަމަށެވެ. އެއާއެކު މިއަދު ދަރަނި ދައްކަންވެސް ނަގަނީ ދަރަނި ކަމަށާ، އެދަރަނި ދައްކަން އޮތީ ޓީބިލްކަމަށެވެ. އަދި ޓީބިލަށް ފައިސާ ދައްކަން އަނެއްކާ ނަގަނީ ދަރަނިކަމަށެވެ. އެހެންކަމުން މިއަދު މިއޮތީ ރާއްޖޭގެ މިނިވަންކަން ރަހުނުކޮށްފައިކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް އަނެއްކާވެސް އިއްޔެ ވަނީ ދީފައެވެ. މިއީ ސްޓޭޓް ބޭންކް އޮފް އިންޑާ (އެސްބީއައި) މެދުވެރިކޮށް ޓީބިލްގައި އިންވެސްޓްކޮށްގެން ދޭ ލޯނެކެވެ. އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ލޯނު ރަމްޒީގޮތުން ރާއްޖެއާ ޙަވާލުކުރީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ބައިވެރިވިއެވެ.

މިސަރުކާރު ވެރިކަމާ ޙަވާލުވީފަހުން މާބޮޑަށް އިންޑިއާއަށް ބަރޯސާވުމާއި، ރާއްޖޭގެ މުޅި އިޤްތިޞާދުގެ ކޮންޓްރޯލް އިންޑިއާއަށް ލިބޭ މިންވަރަށް އިންޑިއާގެ ލޯނަށް ބަރޯސާވެފައިވާކަމުގެ ތުހުމަތު އިދިކޮޅު ސިޔާސީ ފަރާތްތަކާއި މާލީ ދާއިރާގެ ބައެއް ތަޖުރިބާކާރުންވެސް ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.