ރާއްޖެ ބަނގުރުޓުވެދާނެ ވާހަކަ ދެއްކުމަކީ ބޭރުގެ އެހީ ހުއްޓުވަން ހިންގާ ޖަރީމާއެއް: ނިހާދު

ރާއްޖެ ބަނގުރުޓުވެދާނެ ވާހަކަ ދެއްކުމަކީ ބޭރުގެ އެހީ ހުއްޓުވަން ހިންގާ ޖަރީމާއެއް: ނިހާދު

Author
ޢަލީ އާދަމް
30 ނޮވެމްބަރ 2022 09:48
0

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުގައި، ހަމުގެ އަސްލު ހަޤީޤަތާ ޚިލާފަށް، ރާއްޖެ ބަނގުރޫޓުވަނީކަމަށްބުނެ ވާހަކަދައްކާ މީހުންނަކީ ރާއްޖެއަށް ލިބެމުންދާ ބޭރުގެ އެހީތެރިކަން ހުއްޓުވާލައި ދުނިޔޭގެ މާލީ އިދާރާތަކުގެ ކުރިމަތީގައި ރާއްޖޭގެ އަގު ވައްޓާލަން ބަޔަކު ގުޅިގެން ހިންގާ ޖަރީމާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން ރައީސް ޞާލިޙުގެ ފެކްޝަނަށް ނިސްބަތްވާ ނިހާދު މިހެން ވިދާޅުވެ ޓުވީޓުކުރެއްވީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްކޮށްކަމަށް ބެލެވެއެވެ. ރާއްޖެ ބަނގުރޫޓު ވާންދާ ވާހަކައާއި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދޯހަޅި ވާހަކަ ނަޝީދު ފެކްޝަނުގެ ބޭފުޅުން ދެއްކުމުން އެއީ އިދިކޮޅު ޕީޕީއެމްއާ ގުޅިގެން ސަރުކާރު ވައްޓާލަން ރާވާ ރޭވުންތަކެއްގެ ބައެއްކަމަށް ރައީސް ޞާލިޙް ފެކްޝަނުގެ ބައެއް މީހުން ތުހުމަތުކުރެއެވެ. އަދި ނަޝީދު ފެކްޝަނުން ބަޣާވާތްކުރަން އުޅޭކަމަށްވެސް ތުހުމަތުކުރެއެވެ.

ނިހާދު ޓްވީޓުގައި ވަނީ ޤައުމާއި ރައްޔިތުނަނަށް ހެޔޮ އެދޭ ބަޔަކުނަމަ މިއަދު ކުރަންވީ ކަމަކީ، މާލީ އިދާރާތަކުގެ ކުރިމަތީގައި ރާއްޖޭގެ އަގުވައްޓާލަން މަސައްކަތްނުކޮށް ރާއްޖޭގެ ބައިނަލްއަޤުވާމީ އެހީ ހޯދުމުގެ މަސައްކަތް ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ކަންކަން ރާވައި ހިންގުމަށް ސަރުކާރުން ކުރައްވާ ގިނަ ކަންކަމަށް ނަޝީދު ފެކްޝަނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. ޚާއްސަކޮށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް ގިނަބައެއްގެ ނުރުހުން އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖަރީމާކިންގް
ނިހާދުު މިވެރިކަނުގައިީ ތިންރިސޯޓްް ހޯދުމަކީީ އިއްތިފާގެއްތޯޯ ނޫނީީ ޖަރީމާއެއްތޯޯ ރައްޔިތުންް އައްޔަންކޮއްފަހުރިި ރައްޔިތުންް ތަމްސީލުކުރާާ މަމްދޫބަކުު ރައްޔިތުންނާސީދާގުޅުންހުރިކަމެއްގަަ ރައްޔިތުންނާއެއްކޮޅައްް ވޯޓްދިނުމަކީީ ޖަރީމާއެއްކަމައްް ވިސްނާާ މަމްދޫބުންގެެ ޙާލަތުހުންނާނެގޮތެއްް ރައްޔިތިންނައްް އެގޭޭ މެމްބަރުކަންލިބުނީމާާ ނިހާދުގެެ ޙާލަތައްއައިި ބަދަލުތިލިބޭއެއްޗަކާާ އަޅާބަލާއިރުު އެތަކެއްސަތޭކަގުނަަ ބަދަލުވީމާާ އެގޭޖަރީމާާ ހިންގަނީކޮންބަޔެއްކަންް
ޑ ޑަމް
ޚަލޭމެން ޕީޕީ ވެރިކަމުގަ އޮތް އިރު ކުރި ކަންކަން ކުރާނެ ކަމަށް ތި ހީކުރަނީ ޓްއަރިޒަމް ބޮއެކޮޓްކޮށް އިންޑިޔާ ސިފައިން ރާއްޖެ ހިފަން ގޮވާލާ މި ހުރިހާ ކަމެއްވެސް ކުރަނީ ކަލޭމެން ޤަުމަށް ގައްދާރުވެ