ނަޝީދުގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ރުފިޔާ ނަގަން ކޯޓަށް

ނަޝީދުގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ރުފިޔާ ނަގަން ކޯޓަށް

Author
ހުސެއިން
28 ނޮވެމްބަރ 2022 02:12
0

ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ޓުވީޓަކުން ކޮށްފައިވާ ތުހުމަތުތަކަކާއި ގުޅިގެން އަބުރުފުޅަށް ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މިމަހުގެ 25 ވަނަ ދުވަހުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ، ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި އެ މީހުން މެރިކަމުގެ ތުހުމަތު ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު އޭރު ރާއްވަވާފައި ވާކަމުގައެވެ. އޭގެ އިތުރުން ޝަރީފް ވިދާޅުވެފައިވަނީ އޭރުގެ ޕާލިމެންޓްރީ ގްރޫޕުން އެކަން ހުއްޓުވުމަސް ގަރާރެއްވެސް ފާސްކުރި ކަމަށެވެ.

ޝަރީފްގެ ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ 50 މީހުން މަރާލުމަށް ނަޝީދު މަސައްކަތް ކުރައްވާފައިވަނީ ނޫސްވެރިންގެ ގޮތުގައި ކުލީ ސިފައިންތަކެއް ރާއްޖެގެނެސް، އެމްޑީޕީގެ މުޒާހިރާއެއްގެ ތެރެއިން ކަމަށެވެ.

މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނަޝީދުގެ ލޯޔަރުންގެ ފަރާތުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ނިސްބަތްކޮށް، ޝަރީފް ކުރެއްވި ޓުވީޓްގައި ލިޔެފައިވާ ދޮގުތަކުގެ ސަބަބުން، ޝަރީފުގެ ފަރާތުން ނަޝީދުގެ އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދެއްވައި، ނަޝީދުގެ އަބުރަށް ލިބުނު މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމާ
Adhi hama bimeh baalan jehey ekaku ebahuri choppadu rozeyna