އެޗްއާރުސީއެމްގެ އަމާޒަކީ 2030ގެ ނިޔަލަށް އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުން ކަމުގައި އެ ކޮމިޝަންއިން ބުނެފިއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްއިން ބުނެފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ރާއްޖޭގައި އަންހެނުން ވަމުންދާ ނިސްބަތް އިތުރުވަމުންދާކަން ފާހަގަ ކުރެވެމުން އަންނަ ކަމުގައެވެ.
އެ ކޮމިޝަނުން ބުނެފައިވަނީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކޮންމެ ތިން އަންހެނަކުން އެކަކީ ކޮންމެވެސް އަނިޔާއެއް ތަހައްމަލް ކުރާންޖެހިފައިވާ މީހެއް ކަމަށެވެ. އޭގެ ތެރޭގައި ނަފްސާނީ އަނިޔާއާއި ޖިސްމާނީ އަނިޔާވެސް ހިމެނޭކަމަށް ފާހަގަ ކުރައްވަމުން އެޗްއާރުސީއެމްއިން ބުނެފައިވަނީ ރާއްޖެއަކީ އަންހެނުންނަށް ރައްކާތެރި މާހައުލެއް އޮތް ތަނެއްކަމަށް ފާހަގަވާން ނެތް ކަމުގައެވެ.
މިގޮތުން، އެ ކޮމިޝަނުން މިހާރު އަމާޒު ކޮށްފައިވަނީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ އަމާޒަށް 2030ގެ ނިޔަލަށް ވާސިލްވުން ކަމުގައި ކޮމިޝަނުން ބުނެފައި ވެއެވެ.
އެހެންނަމަވެސް މި އަމާޒަށް ވާސިލްވުމަށް ރާއްވަވާފައިވާ ހަރަކާތްތަކުގެ ތަފްސީލު އެ ކޮމިޝަނުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ