143 ޓެކްސީ ޑްރައިވަރަކު ޤާނޫނަށް އަހުލުވެރިކޮށްފި

143 ޓެކްސީ ޑްރައިވަރަކު ޤާނޫނަށް އަހުލުވެރިކޮށްފި

Author
މުޙައްމަދު ޖިމީ
23 ނޮވެމްބަރ 2022 03:44
0

ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި މި ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ފުލުހުން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިިއެވެ.

ރޯޑް ޕޮލިހުން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާއި ޓެކްސީ ކުރުމުގެ ގަވާއިދަށް އަލިއަޅުވާލައި އޭގައިވާ މުހިންމު ކަންކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ

ވަކިވަކިން ކުރިއަށްގެންދިޔަ އެ ދެ ޕްރޮގްރާމްގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި 145 މީހުން ބައިވެރިވި 143 މީހުން އެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރ 15 އިން 20 އަށެވެ.

ޓެކްސީ ޑްރައިވަރުން ތާޒާކުރުމަށް މި މަހު 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 104 މީހުން ބައިވެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.