ޤާޟީ ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި

ޤާޟީ ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި

Author
ޢަލީ އާދަމް
23 ނޮވެމްބަރ 2022 10:22
0

ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ޙަބީބުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހާމަކޮށްފިއެވެ.

ޖޭއެސްސީން ބުނީ ގާޒީ ޞަފްވަތުގެ މައްސަލައެއް ބަލަން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ޚުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީނަމަވެސް، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީއެވެ.

މި މައްސަލައާ ގުޅިގެން ޤާޟީ ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާތީ، 2022 ނޮވެމްބަރ 16 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 82 ވަނަ ޖަލްސާގައި މިމައްސަލަ ތަޚްޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.