ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަތުރުތަކަށް ޅ.އަތޮޅުގެ ރައްޔިތުން އަހުލުވެރިކުރުމުގެ ދަތުރުތައް އެއަތޮޅުގައި އިއްޔެ ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިއީ މި ސަރަޙައްދުގެ ތިން ރޫޓަކަށް ކުރަމުންދާ ދަތުރުތަކަށް އަހުލުވެރި ކުރުމުގެ ދަތުރުތައްކަމަށެވެ. ދަތުރުތައް ފަށާ މަންޒިލާއި ނިމޭ މަންޒިލް އަދި މަޑުކުރާ ރަށްރަށާއި ވަގުތުތަކާއި ޚިދުމަތް ހޯދުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް، މި ދަތުރުތަކުގެތެރެއިން ޢާންމުން އަހުލުވެރިވާނެކަމަށް އެމިނިސްޓްރީން ދެކެއެވެ.
މިހާރު ކުރިއަށްދާ، މި ދަތުރުތަކަށް އެއްވެސް އަގެއް ނުނެގޭނެކަމަށް ޕްލޭނިން މިނިސްޓަރީން ބުނެއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފަށައިފި.
ތިން ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނެގޭނެ. #connectingraajje pic.twitter.com/npDNPzif1P
— Min.of National Planning, Housing & Infrastructure (@MoNPHImv) November 22, 2022
މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ ފެރީ ނިޒާމު، އާރުޓީއެލްގެ ޚިދުމަތް ފެށީ ބޮޑު ތިލަދުންމަތިންނެވެ. އާރްޓީއެލްގެ ޚިދުމަތާއެކު، ދަތުރުފަތުރަށް ކުރާ ހޭދަ އެތައް ގުނައަކުން ވަނީ ކުޑަވެފައެވެ. ބޭސްފަރުވާގެ ޚިދުމަތްތަކާއި، ވިޔަފާރީގެ ޚިދުމަތްތައް ފަސޭހަ ނިޒާމަކުން ވަނީ ގުޅާލެވިފައެވެ.
ކޮމެންޓު ފޮނުވާ