މަހާތީރަށް ގޮނޑި ކާމިޔާބު ނުކުރެވި، ސިޔާސީ ހަޔާތަށް ނިމުން!

މަހާތީރަށް ގޮނޑި ކާމިޔާބު ނުކުރެވި، ސިޔާސީ ހަޔާތަށް ނިމުން!

Author
ހުސެއިން
20 ނޮވެމްބަރ 2022 07:33
0

އުމުރުފުޅުން މިހާރު 97 އަހަރުގެ، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ވާދަކުރެއްވި، މެލޭޝިއާގެ ލަންކާވީގެ ގޮޑި ކާމިޔާބު ނުކުރެވި ބޮޑުތަކުން ބަލިވެއްޖެއެވެ.

އޭނާ މިއިންތިޚާބު ބަލިވުމާއެކު، މަހާތީރުގެ މިހާރުގެ އުމުރަށް ބަލާއިރު އޭނާގެ ސިޔާސީ ހަޔާތް މިބައްޔާއެކު ނިމުމަކަށް އައީކަމުގައި ގިނަބަޔަކު ވަނީ ގަބޫލު ކޮށްފައެވެ.

މި ފަހްތާގެ ހޮނިހިރުދުވަހު ބޭއްވުނު މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގައި ލަންކާވީގެ ގޮނޑިއަށް 5 މީހަކު ވާދަކުރިއިރު މަހާތީރު ގޮސްފައިވަނީ 4 ވަނަ އަށެވެ.

ދެ ފަހަރެއްގެ މަތިން ދިގު މުއްދަތަކަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ މަހާތީރު ގިނަ ދުވަސްތަކެއް ވަންދެން ފުރަމުން އައި ލަންކާވީގެ ގޮޑި ކާމިޔާބު ނުކުރެވި، ބޮޑު ތަފާތަކުން މަހާތީރު ބަލިވުން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ.

މި އިންތިޚާބުގައި މަހާތީރަށް ބޮޑު ނާކާމިޔާބިއަކާ ކުރިލައްވަން ޖެހިވަޑައިގެންނެވިއިރު، އޭނާގެ ޕާޓީއަށްވެސް އިންތިޚާބުގައި މާބޮޑު ކާމިޔާބީއެއް ހޯދޭ ގޮތެއް ނުވިއެވެ.

މިއީ ފާއިތުވެދިޔަ 50 އަަހަރުގެ ތެރޭގައި މަހާތީރު ވާދަކުރެއްވި އިންތިޚާބުތަކުގެ އޭނާއަށް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހަމައެކަނި އިންތިޚާބެވެ. މަހާތީރުވަނީ 1981 އިން 2003 ވަނަ އަހަރާއި ހަަމައަށް ޖުމްލަ 22 އަހަރު މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

އެއަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަމާއި އަމަލީގޮތުން ދުރުގައި ހުންނެވުމަށްފަހު މަހާތީރު އެބުރި ސިޔާސީ މައިދާނަށް އަމަލީގޮތުން ވަޑައިގެންނެވީ މީގެ ދެ އަހަރުކުރިން އެގައުމުގައި ހިނގި 1MDB ގެ ފަންޑާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަގަޑަށްފަހުއެވެ. އެމައްސަލާގައި ކުށްވެރިވާކަމަށް ސާބިތިވުމާއި ގުޅިގެން އެގައުމުގެ ކުރިގެ ބޮޑުވަޒީރު ނަޖީބު ވަނީ މިހާރު ޖަލަށް ލާފައެވެ.

މިހާރު އުމުރުން 97 އަހަރުވެ، އެއްގަރުނު ވަންދެން ދިރިހުރުމުގެ ލަނޑު ދަނޑިއާއި ހަމައަށް ވާސިލްވަމުންދާ މަހާތީރުވަނީ ދެފަހަރެއްގެ މަތިން މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި 2018ވަނަ އަހަރު އޭނާގެ ނަންވަނީ، "އޭރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ބޮޑުވަޒީރު"ގެ ގޮތުގައި ގިނެސް ވާލްޑް ރެކޯޑް ފޮތަށްވެސް އަރާފައެވެ.

ދެނުކު އިރުމަތީ އޭޝިއާގައި އެންމެ ބޮޑަށް ތަރައްގީވެފައިވާ އެއްގައުމު ކަމުގައި މެލޭޝިއާގައި މަހާތީރު އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ 1981 ވަނަ އަހަރުން 2003 ވަނަ އަހަރަށެވެ. އެއަށްފަހު 2018ވަނަ އަހަރުން 2020 ވަނަ އަހަރާ ހަމައަށްވެސް އޭނާވަނީ މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.